ރައީސް ޔާމީން ގޭބަންދުގައި ހުންނަވައި ސަޕޯޓަރުންނާއި ވާހަކަދައްކަވަނީ

ހަބަރު

ރައީސް ޔާމިން ގޭބަންދުން ރަށުބަންދަށް ބަދަލުކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 28 އޮކްޓޯބަރ 2023 , ހޮނިހިރު 23:57   628

11 އަހަރުގެ ޖަލުހުކުމެއްގައި ހުންނަވައި ރިޔާސީ އިންތިޚާބުގެ ދެވަނަބުރަށްފަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން ޢަބްދުލްޤައްޔޫމް (64އ) ގޭބަންދަށް ބަދަލުކުރައްވާފައިވަނިކޮށް މިރޭ ރަށު ބަންދަށް ދޫކޮށްލާފައިވާކަމުގެ މަޢްލޫމާތު ލިބިއްޖެއެވެ.

އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްފައިވަނި މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް އަށްފަހު ގަޑިއިރުތަކެއްފަހުންނެވެ.

އެކަން އެގޮތަށް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެއީ އިންތިޚާބީ އާ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އެދި ވަޑައިގަތުމަކަށެވެ.

ރައީސް ޔާމީންގެ ޝާރީއަތުގެ އިސްތިޢުނާފްގެ މަރުޙާލާގެ އަޑުއެހުންތައް ތާވަލުނުކުރާތީ އިދިކޮޅު ޕީޕީއެމް އިން ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައީސް ޔާމީން ރަށުބަންދަށް ބަދަލުވުމާއިއެކު ބޭރުތެރެއަށް ނިކުމެވަޑައިގެން މިހާރު ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ދޮރު ހުޅުވިގެންދާނެއެވެ.

ޓެގްސް: ރައީސް ޔާމީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.