މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތް އެއްއަހަރު ތެރޭ ޓާމިނަލް ނިންމުންކަމަށް

ހަބަރު

ޑރ. މުޢިއްޒު، އެންމެ ބޮޑޮ އިސްކަމެއް ދެއްވާ ކަންތަކުގެ ތެރޭގައި އެއަރޕޯޓްގެ އާ ޓާމިނަލް ނިންމުން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 30 އޮކްޓޯބަރ 2023 , ހޯމަ 07:17   538

އެންމެ ބޮޑޮ އިސްކަމެއް ދެއްވާ ކަންތަކުގެ ތެރޭގައި އެއަރޕޯޓްގެ އާ ޓާމިނަލް ނިންމުން ހިމެނޭކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވ.

ޑރ. މުޢިއްޒު މިހެން ވިދާޅުވެފައިވަނީ ރޭ ބައެއް ވިޔަފާރިވެރިން ހިމެނޭގޮތަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އިޤްތިޞާދު ކުރިއެރުވުމުގައި ހުރިހާ ސިނާޢަތަކަށްވެސް އެންމެ މުހިއްމު އެއްކަމަކީ މަޑުޖެހިފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް އަވަހަށް ނިމިގެން ދިޔުންކަމަށެވެ.

އަދި އިތުރަށް ވިދާޅުވީ އެއަރޕޯޓްގެ މަސައްކަތް ލަސްކަމަށާއި، ލަފާކޮށްފައިވަނީ 2025 ވަނަ އަހަރުގެ ޖުލަށް މަހަށް ނިންމަންކަމަށް ވިޔަސް، އެމަނިކުފާނު މަސައްކަތްކުރައްވާނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން މަސައްކަތް ނިންމާލުމަށްކަމަށެވެ. މި އަމާޒަކީ 8 މަސް ދުވަސް އަވަސް އަމާޒެކެވެ.

"ހުވާކުރުމަށްފަހު ސީދާ ރައީސް އޮފީހުގައި އަޅުގަނޑު ޗެއަރކުރާގޮތަށް ކޮންމެ ދުވަހަކުވެސް މިމަޝްރޫޢުގެ އަޕްޑޭޓްތައް ބަލާ މަސައްކަތް އަވަސްކުރުމަށް ހުރިހާ ސްޓޭކްހޯލްޑަރުންނާއެކު މަސައްކަތްކުރަން. އަދި އަޅުގަނޑު އެބަ ވިސްނަން ކުރިއަށް އޮތް ދެހަފްތާތެރޭގައި އެތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމަށް ސައިޓަށް ދާންވެސް." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް އަކީ ރައީސް ޔާމީންގެ ސަރުކާރުން ފެށްޓެވި މަސައްކަތެކެވެ. މި އާ ޓާމިނަލްގައި 840،000 އަކަފޫޓަށް ވުރެ ބޮޑު ޖާގައެއް އޮންނާނެއެވެ. އަދި އެތަން ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭގޮތަށް އެންމެ ޒަމާނީ ފެންވަރަށެވެ.

ޓެގްސް: ވެލާނާ އެއަރޕޯޓް ޑރ. މުއިއްޒު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.