ބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މެލޭޝިއާގައި ހައްޔަރުކޮށްފައިވަނީ ރޭ މެލޭޝިއަށް ދިއުމުން

ހަބަރު

ޓެރަރިޒަމަށް ހިތްވަރުދޭކަމުގެ ތުހުމަތުގައި، އަދާލަތުޕާޓީގެ މަދަނީ ޢަބްދުﷲ މެލޭޝިއާގައި ހައްޔަރުކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 2 ނޮވެންބަރު 2023 , ބުރާސްފަތި 10:08   652

އަދާލަތު ޕާޓީގެ އިސް މަގުމަތީ ޙަރަކާތްތެރިއެއްގެ ގޮތުގައި މަޝްހޫރުވި ޢަބްދުﷲ މުޙައްމަދު (މަދަނީ) މެލޭޝިއާގައި ހައްޔަރުކޮށްފިއެވެ.

ޢަބްދުއްﷲ މެލޭޝިއާ އަށް ދަތުރުކޮށްފައިވަނީ ބެޓިކްއެއަރގެ ފްލައިޓެއްގައި ރޭ 8.30 އެހާކަށްހާއިރުއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އޭނާ ހައްޔަރުކޮށްފައިވަނީ، ފަލަސްޠީނަށް ހަނގުރާމައަށް ދިއުމަށް ގޮވާލާފައިވާތީ، ޓެރަރިޒަމަށް ހިތްވަރުދޭ ލިސްޓެއްގައި އޮތުމުންކަމަށެވެ.

މަޢްލޫމާތު ލިބޭގޮތުގައި އޭނާ ޑީޕޯޓްކުރެވެންދެން ބަހައްޓާފައި ހުރީ ވެރިރަށް ކުއަލަ ލަމްޕޫރުން ބޭރުގައި ހުރި ޖަލެއްގައެވެ. އޭނާ ޑީޕޯޓްކުރުމުގެ މަސައްކަތް މެލޭޝިއާގެ އިމިގްރޭޝަނުން ވަނީ ފަށާފައެވެ. އެންމެ އަވަހަށް ފޮނުވާލެވެން އިން ފްލައިޓަކުން އޭނާ ރާއްޖެ ފޮނުވާލާނެކަމަށް މަޢްލޫމާތު ލިބެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އަބްދުއްﷲ ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. ނަމަވެސް، 20 ޖެނުއަރީ 2014 ގައި ރައީސް ޔާމީން ވަނީ މަޤާމުން ވަކި ކުރައްވާފައެވެ. އަދި އޭގެ ފަހުން އަދާލަތު ޕާޓީގެ ޓިކެޓްގައި ނޮޅިވަރަމް ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާފައެވެ.

މިމައްސަލަ އާއި ގުޅިގެން ރާއްޖޭގެ އެއްވެސް އިދާރާއަކުން އެއްޗެކޭ ބުނެފައިނުވެއެވެ.

ޓެގްސް: ޓެރަރިޒަމް އިމިގްރޭޝަން އަދާލަތު ޕާޓީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.