މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުއްﷲ

ހަބަރު

ސުޕްރީމްކޯޓުން ގޮތެއް ނިންމެންދެން ރިޔާސަތުގައި އިންނަން އުޒުރުވެރިވަން - އީވާ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 ނޮވެންބަރު 2023 , އާދީއްތަ 09:00   567

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ، އެމަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލަ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާތީ، އެމައްސަލައިގައި ގޮތެއް ނިމެންދެން ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެ ވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ އެގޮތަށް ވިދާޅުވީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާއްމު ފާތިމަތު ނިޔުޝާއަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީ ފުޅެއްގައެވެ.

މަޖިލީހުގެ މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރުންނަށް ކޮޕީކުރައްވާފައިވާ އެސިޓީގައިވާގޮތުން ސިއްޙީ ޙާލަތު ތަން ނުދިނުމާއިއެކު، ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި، ސުޕްރީމްކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުން ވަކި ގޮތެއް އިޚްތިޔާރުކޮށްގެން ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައި ނުގަންނަވާކަމަށެވެ.

އެމ.ްޑ.ީޕީ ގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެ ކޯޓުން އެކަމުގައި ގޮތެއް ކަނޑައެޅުން މުހިންމުކަމަށްއެ ޕާޓީ އަދި އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުން ޤަބޫލުކުރާތީ. ުޕްރީމް ކޯޓުގައި ބަލަމުން ގެންދާ މައްސަލަ ވަކިގޮތަކަށް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުންވަކިކުރުމުގެ ޤަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިނުމަށް އަޅުގަނޑު އުޒުރުވެރިވާ ވާހަކަ ދެންނެވަން.

~ އީީވާ ޢަބްދުއްﷲ

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މިމައްސަލައިގެ ތެރެއަށް އެހެން ޕާޓީތަކުން ވެސް ތަދައްޚުލް ވެފައިވެފައިވެއެވެ. އޭގެ ތެރޭގައި އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ޕީއެންސީ ޕާޓީ ވެސް ހިމެނެއެވެ.

ޓެގްސް: އެމްޕީ އީވާ ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.