ޑިމޮކްރެޓްސްގެ ބައެއް ކައުންސިލް މެމްބަރުން،

ހަބަރު

ޑިމޮކްރެޓުން ވެސް ސުޕްރީމްކޯޓުގެ މައްސަލައަށް ތަދައްޚުލް ވަނީ، މާދަމާ ހެދުނު 10 ގައި ފުރަތަމަ އަޑުއެހުން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 ނޮވެންބަރު 2023 , އާދީއްތަ 18:36   601

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ އިތުބާރުނެތް މައްސަލަ އާއި ގުޅޭގޮތުން ސަރުކާރު ހިންގާ ޕާޓީ އިން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ތަދައްޚުލްވެ ވަންނަން، ދަ ޑިމޮކްރެޓްސް ޕާޓީގެ އިންޓެރިމް ކައުންސިލުން ނިންމައިފިއެވެ.

އެެގޮތަށް ނިންމާފައިވަނީ މިއަދު އޮތް އެޕާޓީގެ އިންޓެރިމް ކައުންސިލް މެމްބަރުންގެ އަޢްލަބިއްޔަތުންނެވެ.

ކުރިން އެޕާޓީ އިން މަސައްކަތްކޮށްފައިވަނީ ވަކި މެމްބަރުން މައްސަލައިގެ ތެރެއަށް ވެއްދުމަށެވެ. ނަމަވެސް، އެކަން ސުޕްރީމްކޯޓުން ވަނީ ބަލައިނުގެންފައެވެ.

ސުޕްރީމްކޯޓުން ވަނީ މާދަމާގެ ހެނދުނު 10.00 އަށް ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައެވެ.

އެމްޑީޕީ އިން ސްޕްރީމްކޯޓަށް ހުށަހަޅާފައިވަނި ދެކަމެއް ސާފުކޮށްދެއްވުމަށެވެ. އެއީ ރިޔާސަތާއި ގުޅޭގޮތުންނާއި، އިތުބާރުގެ މައްސަލަ ނުނިމި އެހެން މައްސަލައަކާއި ގެން ކުރިއަށް ނުދެވޭނެކަމަށް އޮތް އޮތުމާއި ގުޅޭގޮތުންނެވެ.

މީގެ ކުރިން ޕީޕީއެމް އިންވެސް ވަނީ މައްސަލައިގެ ތެރެއަށް ތަދައްޚުލްވެފައެވެ. މިމައްސަލަ ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް، އިންތިޚާބީ ރައީސްގެ ހުވާކުރުމަށް ބުރުލެއް ނާރާނެކަމަށް މަޝްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޓެގްސް: ދަ ޑިމޮކްރެޓްސް ސުޕްރީމް ކޯޓު ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.