ޝާހްރުކް ޚާން، ރިތިކް ރޯޝަން، ސަލްމާން ޚާން

މުނިފޫހިފިލުވުން

ޝާހްރުކް ޚާން އާއި އެކު ކެމިއޯއަކުން ރިތިކް ރޯޝަން ވެސް ޓައިގާ 3 ފެނިގެންދާނެ

ހުސެން ހަމްދާން - އިންޑިއާ | 6 ނޮވެންބަރު 2023 , ހޯމަ 09:25   623

ވައިއާރުއެފް ސްޕައި ޔުނިވާސް އިތުރަށް ފުޅާކުރުމުގެ ގޮތުން ޝާހްރުކް ޚާންގެ ޕަތާން އާއި ރިތިކް ރޯޝަންގެ ކަބީރު ސަލްމާން ހާންގެ ޓައިގާ 3 އިން މެހެމާނުންގެ ގޮތުގައި ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވައިއާރުއެފް ސްޕައި ޔުނިވާސް އަށް އާ ކޮންމެ ފިލްމަކާ އެކު ވަރުގަދަކަން ލިބެމުންދާއިރު، ކުރިއަށް އޮތް އިންސްޓޯލްމަންޓަ މަނީޝް ޝަރްމާގެ ޓައިގާ 3 އަކީ އިންޑިއާގެ ސިނަމާއަށް މިހާތަނަށް ފެނުނު އެންމެ ބޮޑު އެކްޝަން ފިލްމް ކަމަށް ބެލެވެއެވެ.

ސަލްމާން ޚާން އާއި ކެޓްރީނާ ކައިފްގެ ޓައިގަރ ޒިންދާ ހޭ، ވާރ އަދި ޕަތާންގެ ހާދިސާތަކަށް ފަހު ގެނެސްދޭ ފިލްމެއް ކަމަށާއި، މި ފިލްމުގައި އަވިނާޝް ''ޓައިގަރ'' ސިންގް ރާތޯރ (ސަލްމާން) އާއި އޭނާގެ އަންހެނުން ޒޯޔާ ރާތޯރ (ކެޓްރީނާ) އަދިވެސް ތިބޭނީ އިންޑިއާއައް ޚިޔާނާތްތެރިވި ބައެއްގެ ގޮތުގައެވެ.

މި ފިލްމުގައި އެމްރާން ހާޝްމީ، ރެވާތީ، ރިއްދީ ޑޯގްރާ، އަދި ވިޝާލް ޖެތުވާ ފަދަ ކާސްޓުންތަކެއް ހިމެނެއެވެ. މީގެ އިތުރުން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ޝާހްރުކް ޚާން އާއި ރިތިކް ރޯޝަން ވެސް ފިލްމުގައި މެހެމާނުންގެ ގޮތުގައި ފެނިގެންދާއިރު، މިއީ ޓައިގާ 3 އާ ގުޅޭ ފޯރި އިތުރަށް ބޮޑުކޮށްލާނެ ކަމެކެވެ. ވެރައިޓީގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން އެސްއާރުކޭ އާއި ރިތިކް ރޯޝަން އަލުން ކުޅޭނީ ކުރީގެ ވައިއާރުއެފް ސްޕައި ޔުނިވާސް ފިލްމުތަކުން ޕަތާން އާއި މޭޖާ ކަބީރު ދަލީވާލްގެ ރޯލުންނެވެ.

ޓްރެއިލާ

ޓެގްސް: ބޮލީވުޑް ސަލްމާން ޚާން ޝާޙްރުކް ޚާން (އެސްއާރުކޭ)
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.