ރައީސް މުޙައްމަދު ނަޝީދު، ފޮޓޯ: އެކްސްޕްރެސް ނިއުސް

ހަބަރު

ރައީސް ނަޝީދު، 17ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސަށް ފުރާވަޑައިގެންފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 7 ނޮވެންބަރު 2023 , އަންގާރަ 12:06   423

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، 17ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސަށް ފުރާވަޑައިގެންފިއެވެ.

މިކޮންފަރެންސް އޮންނާނީ އެދުއިރުމަތީގެ ޤައުމެއް ކަމުގައިވާ އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ ސިޓީއެއްކަމުގައިވާ ދުބާޢީގައި މާދަމާއިން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށެވެ.

މިކޮންފަރެންސްގައި ދުނިޔެއަށް އަންބަމުންދާ ބަދަލުތަކުގެ ސަބަބުން ޢާއްމު ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް އިންސާނީ ޙައްޤުތައް ޙިމާޔައްކުރުމާއި ގުޅޭގޮތުންނާއި، ރާއްޖެފަދަ ނާޒުކު ޤައުމަކަށް ޓެކްނޮލޮޖީގެ ދައުރާއި މުޙިއްމުކަން، އަދި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާއި ގުޅޭގޮތުން ހޯދިދާނެ ޙައްލުތައް ހުށަހެޅިގެންދާނެއެވެ. އަދި ގްލޯބަލް ސިޓިޒެންޝިޕްގެ ޤާނޫނުތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވޭނެއެވެ.

ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

ޓެގްސް: ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.