ރައީސް ޔާމީން އަމިއްލަފުޅު ގެއަށް ބަދަލުވިފަހުން، ކުށްވެރިން ސިޔާސީ ޙަރަކާތްތައް ހިންގުމަށް ޤާނޫނުތައް ޖާގަ ނުދޭ - ކަރެކްޝަންސް

ހަބަރު

ކަރެކްޝަންސްގެ އިންޒާރަށްފަހު، ރައީސް ޔާމިންގެ ފަހަތަށްޖެހިވަޑައިގެންފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 8 ނޮވެންބަރު 2023 , ބުދަ 14:53   788

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން، ބަންދުގައިހުރެ ސިޔާސީ ޙަރަކާތްތައް ފެއްޓެވުމުން ދެެއްވި އިންޒާރާއިއެކު، ކުރީގެ ރައީސް ޔާމީންއަށް ފަހަތަށް ޖެހިވަޑައިގެން ހިމޭންވެއްޖެއެވެ.

ރައީސް ޔާމީން އަކީ އެގާރަ އަހަރުގެ ޖަލުހުކުމެއް އައިސް ތަންފީޒު ކުރަމުންދާ ފަރާތެއްކަމަށް ކަރެކްޝަންސް އިން ބުނެފައިވެއެވެ. ނަމަވެސް އެމަނިކުފާނުގެ ގެންދަވަނީ އެޕީލް ޕްރޮސެސް ފުރިހަމަކުރައްވަމުންނެވެ. މިހާތަނަށް ކޯޓުން އެމަނިކުފާނުގެ އެޕީލް މައްސަލަ އެޖެންޑާކޮށްފައި ނުވެއެވެ.

ޑރ. މުއިއްޒު ރައީސްކަމަށް އިންތިޚާބު ވެވަޑައިގަތްފަހުން ސަރުކާރުން ވަނީ އެމަނިކުފާނު 1 އޮކްޓޯބަރުގައި ގޭ ބަންދަށް ބަދަލުކުރައްވާފައެވެ.

އޭގެ ފަހުން ކަރެކްޝަންސް އިންވަނީ ޒަރޫރީ ކަންކަމުގައި މާލެ ސަރަޙައްދުގައި ހުއްދައާއިއެކު އުޅެވޭގޮތަށް ލުއިތަކެއް ދެއްވާފައެވެ. އެކަމަކު، އެލުއިތަކާއިއެކު، އެމަނިކުފާނު ސިޔާސީ ޖަލްސާތައް ބާއްވަން ފެއްޓެވުމުން، ކަރެކްޝަންސް އިންވަނީ އެމަނިކުފާނަށް އިންޒާރުގެ ސިޓީއެއް ފޮނުއްވާފައެވެ.

ކަރެކްޝަންސް އިން ބުނަނީ އެއީ އެމަނިކުފާނު އެއްބަސްވެވަޑައިގެންނެވި ގޮތާއި، ޕެރޯލްގެ ޤާނޫނާއި ޚިލާފުކަމެއް ކަމަށެވެ. ޖަލު ބަންދެއްގައި ހުންނަ މީހަކަށް ޤާނޫނީގޮތުން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިނުވެވެއެވެ.

މިއިންޒާރާއި އެކު ރައީސް ޔާމީން ވަނީ އަނެއްކާވެސް ސިޔާސީ ޙަރަކާތްތައް ހުއްޓާލައްވައި އެކަހެރިވެވަޑައިގެންފައެވެ.

ފާއިތުވެދިޔަ އެއް ހަފްތާތެރޭގައި އެމަނިކުފާނުގެ އެއްވެސް ޙަރަކާތެއް ފެނިފައިނުވެއެވެ.

އަދި އެމަނުފާނު ބޭއްވި ޖަލްސާތަކުގައި ވެސް، ކުރީގެ ނައިބުރައީސް ޖަމީލު އާއި އެމަނިކުފާނުގެ ކޮއްކޯފުޅު ފިޔަވައި، ކުރިން ރައީސް ޔާމީން އާއިއެކު އިސްކޮށް ޙަރަކާތްތެރިވި އެއްވެސް ބޭފުޅަކު ފެނިފައިނުވެއެވެ.

ޓެގްސް: ރައީސް ޔާމީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.