މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު، އަދި ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕް މެމްބަރު، މެމްބަރު މުޙައްމަދު ވަހީދު(ވައްޑޭ)

ހަބަރު

ވެލާނާ އެއާޕޯޓް މަޝްރޫޢުގެ ހުރިހާ ކްރެޑިޓެއް ދޭންޖެހެނީ ރައީސް ޔާމީން އަށް - ވައްޑެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 9 ނޮވެންބަރު 2023 , ބުރާސްފަތި 12:38   457

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޓާމިނަލް އެޅުމާއި ތަރައްޤީގެ މަޝްރޫޢުގެ ޙައްޤު ކްރެޑިޓް ދޭންޖެހޭ ފަރާތަކީ ރައީސް ޔާމީން ޢަބްދުލްޤަޔޫމްކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު، އަދި ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕް މެމްބަރު، މެމްބަރު މުޙައްމަދު ވަހީދު(ވައްޑޭ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިހެން މިދާޅުވެފައިވަނީ، އިންތިޚާބީ ރައީސް ދުބާޢީ ދަތުރުފުޅުގައި އެއަރޕޯޓްގެ މަސައްކަތް ނިންމުމަށް ބޭނުންވާ ފައިސާ އަބޫދާބީ ފަންޑު މެދުވެރިކޮށް ހަމަޖައްސުވާފައިވާކަަމަށް ވިދާޅުވުމާއިގުޅިގެން މިސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެކަމަށް ރައްދުދެއްވައި ވާހަކަފުޅު ދެއްކެވުމާއި ގުޅެގެންނެވެ.

އަމީރު ވިދާޅުވެފައިވަނީ އިންތިޚާބީ ރައީސް ހަމަޖެއްސެވިކަމަށް ވިދާޅުވާ ފައިސާ ހުރީ މާކުރިންވެސް ހަމަޖެހިފައި ކަމަށާއި، އެކަމުގައި އިންތިޚާބީ ރައީސްގެ އެއްވެސް ދައުރެއް ނޯންނާނެކަމަށެވެ.

މިކަމާއި ގުޅިގެން ޕީޕީއެމް/ ޕީއެންސީގެ ލީޑަރުން ވެސް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް އަމާޒުކޮށްގެން ހަދާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕާއި ޙަވާލުކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ކުރީ ކޮޅުއެވެ. އޭރު އެ ސަރުކާރުން ބުނެފައިވަނީ އެމަސައްކަތަށް 800 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށެވެ.

އަދި އޭރު އެމްއޭސީއެލް އިން ބުނެފައިވަނީ އެޓާމިނަލް ވެގެންދާނީ މިހާރު ބޭނުންކުރާ އިންޓަނޭޝަނަލް ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑު އާ އިމާރާތުގައި ޒަމާނީ ފެންވަރުގެ ވަސީލަތްތައް ހުންނާނެތަނެއްގެ ގޮތުގައިކަމަށެވެ.. އެގޮތުން ހަ އެއިރޯ ބްރިޖާއި އެންމެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ގާއިމްކުރާނެ އެވެ. މީގެ އިތުރުން ޑިއުޓީ ފްރީ ފިހާރަ އެތައް ގުނައެއް ބޮޑުކުރާނެ އެވެ.

މީ މަސައްކަތް ނިމޭނެކަމަށް އޭރު ލަފާކޮށްފައިވީ 2019 ވަނަ އަހަރު އެވެ.

ޓެގްސް: ވެލާނާ އެއަރޕޯޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.