އިލެކްޝަންސް ރައީސް ފުވާދު (ކ2)، ޖުމްލަ 44 ޝަކުވާ ރަސްމީކޮށް ހުށަހަޅާފައިވާއިރު އިލެކްޝަނުން އިތުރު ފިޔަވަޅު އެޅުމަށް ފަސްޖެހޭ

ހަބަރު

އައްޑޫސިޓީ: ގޮނޑިތައް ބެހުމުގައި އިންސާފެއް ނެތް، އިލެކްޝަން އޮތީ މެމްބަރުން ފައި ދަށުވެފައި!

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 10 ނޮވެންބަރު 2023 , ހުކުރު 10:13   2563

އަންނަ ރިޔާސީ އިންތިޚާބަށް، އިދާރީ ދާއިރާތަކުގެ ގޮނޑިތައް ބެހުމުގައި އެންމެ ބޮޑަށް އިންސާފުން އެއްކިބާވެފައި އޮތީ އައްޑޫސިޓީގެ ގޮނޑިތަކާއި މެދުގައިކަމަށް ބުނެ ގިނަބަޔަކު ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ޝަކުވާއަށް ހުޅުވާލުމުން އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ ވެސް މި ސަރަޙައްދުންނެވެ. އައްޑޫސިޓީ އިން ޖުމްލަ 44 ޝަކުވާއެއް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކަމިޝަނުން މީގެ ކުރިން ބުނެފައިވެއެވެ.

ދިވެހި ރާއްޖޭގެ ޤާނޫނުގައި، ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ތަމްޞީލްކުރާ ގޮތަށް ބަލާއިރު، އާބާދީގެ ކޮންމެ 5،000 (ފަސް ހާސް) މީހަކަށް މެމްބަރަކު ހޮަވަން ޖެހެއެވެ.

އިލެކްޝަން ކަމިޝަނުން ގެޒެޓްކޮށްފައިވާ ލިޔުންތަކަށް ބަލާއިރު، ކުރިން އައްޑޫގައި އޮތް 7 ދާއިރާގެ ބަދަލުގައި މިހާރު 8 ދާއިރާ އޮންނަންޖެހެއެވެ.

ހިތަދޫ ގެ އާބާދީ އަކީ އައްޑޫގެ އާބާދީގެ ދެބައިކުޅަ އެއްބައެވެ. އެހެންކަމަށް ވާނަކަށް އުސޫލުން ބަލާއިރު ހިތަދޫ އަށް 4 ގޮނޑި ލިބެންޖެއެވެ. ނަމަވެސް، ލިބިފައި އޮތީ ހަމަކުރިން ވެސް އޮތްގޮތަށް، 3 ގޮނޑިއެވެ. އެކަމަކު، ދާއިރާ ބެހިފައިވާ ގޮތަށް ބަދަލު ގެނެސްފައިވެއެވެ.

ބައެއް ޢާއްމު ފަރާތްތަކުން ތުހުމަތު ކުރަނީ، މެމްބަރުންގެ ނުފޫޒު މިކަމުގައި އިންތިހާއަށް އޮވެފައި އިންސާފުން އެއްކިބާ ވެފައިވާކަމަށެވެ.

މިގޮތުން މެމްބަރު ރޮޒެއިނާ އާދަމް އަށް ވަކި ދާއިރާ އެއް ދިނުމަށް، އެންމެ 4،000 މީހުންގެ އާބާދީއަކާއިއެކު ވަކި ދާއިރާއެއް އުފައްދާފައިވެއެވެ.

ހަމައެހެންމެ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމްގެ އުފަން ގެ، އުސޫލްތަކާއި އެއްގޮތަށް އާބާދީ ބަހައިފިނަމަ، އެ ދާއިރާއިން ބޭރުވާނެއެވެ. އަނެއްކޮޅުން އަސްލަމަށް ވޯޓު ކަށަވަރުވާ ކަމަށް ބަލާއެހެން ގެތަށް މިފަހަރު އަނެއްކާ އިތުރަށް ހިމަނާފައިވެއެވެ.

އަދި ހިތަދޫ ދެނުކު ދާއިރާ ވެސް އޮތީ އެފަދަ ގޮތަކަށެވެ.

މައްސަލައަށް އޮތް ޙައްލު

ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، މުޅި އައްޑޫގެ އާބާދީ ނެގުމަށްފަހު، 8 ބަޔަށް ބަހަންވީއެވެ. އެއީ އައްޑޫއަށް އިތުރު ގޮނޑި އަކާއިއެކު 8 ގޮނޑި ދޭން ޖެހޭތީއެވެ. އެނިސްބަތުން އާބާދީ ބަހަމުން ދިއުމުން އިންސާފުވެރިވީއެވެ. އެއްވެސް މީހަކު ކުރާނެ ޝަކުވާއެއް ނޯންނާނެއެވެ.

އިލެކްޝަންސް ކަމިޝަނުން އެއްގޮތަކަށް ވެސް މެމްބަރުން އަރިހަށް ދާއިރާ ބަހާނެ ގޮތެއް ނެތިގެން ހިސާބުޖަހަން ދާކަށް ނުޖެހެއެވެ. އައްޑޫސިޓީ ކައުންސިލްގެ ދަފްތަރުތަކުންނާއި، ދިވެހިރާއްޖޭގެ ސްޓެޓިސްކަލް ބިއުރޯ، ހައުސިން މިނިސްޓްރީ އާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިމަޢްލޫމާތުތައް ލިބެން ހުންނާނެވެ.

ބަހެއް ހޯދާލާނަމަ އެފަރާތްތަކުގެ ބަހެއް ހޯދާލުން އެންމެ ރަނގަޅެވެ.

އެ އިދާރާތަކަށް ނުދެވޭ ވަކި އިތުރު މަޢުލޫމާތެއް މެމްބަރުންނަށް ދެވޭނެކަމަކަށް ޤަބޫލެއްނުކުރެވެއެވެ.

ރައްޔިތުން އެދެނީ އިންސާފު

ރައްޔިތުންގެ ޚިޔާލަށް ހުޅުވާލުމުން އެއޮތީ ރައްޔިތުން އެދޭ ގޮތް ވެސް ވަރަށް ހާމަކޮށް ފެންނާށެވެ. ރައްޔިތުން އެދެނީ އިންސާފެވެ. އެންމެ ގިނަ ޝަކުވާ ހުށަހެޅީ އައްޑޫސީޓީ އިންކަން ފެންނާން އެބައޮތެވެ. ރައްޔިތުންގެ ނުރުންހުން އިންތިހާއަށް އެބައޮތެވެ. ދެން، އެއަށް ޢަމަލުކުރައްވަން ފަސްޖެހިވަޑައިގަތުމުން ރަމްޒުކޮށްދެނީ ނާޖާއިޒު ނުފޫޒު ނޫން ދެން ވަކި ކޯޗެއް ބާއެވެ؟

ޓެގްސް: އިލެކްޝަންސް ކަމިޝަން އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.