ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް، އަދި އިންތިޙާބީ ރައީސް

ހަބަރު

ރައީސް ޞޯލިޙް ވިދާޅުވަނީ މިއީ ވެރިކަން އޮމާންކޮށް ބަދަލުވީ ފުރަތަމަ ފަހަރުކަމަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 11 ނޮވެންބަރު 2023 , ހޮނިހިރު 10:50   83

މިއަދަކީ ފަޚުރުވެރި ޖުމްހޫރީ ދުވަސް، ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ވެރިކަމުގެ ނިޒާމަކަށް ބަދަލުކުރެވުނު ދުވަހެވެ. މިއަދުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ވިދާޅުވީ މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ވެރިކަމެއް އަމާންކޮށް ބަދަލުވި ފުރަތަމަ ފަހަރުކަމަށެވެ.

ޖުމްހޫރި ދުވަހުގެ އުފާ ޙިއްޞާކުރައްވަމުން ރައީސް ޞޯލިޙް ވިދާޅުވީ ދިވެހިރާއްޖެއަށް މަލްޓީ ޕާޓީ ޑިމޮކްރެސީ ތަޢާރަފްކުރެވުނު ފަހުން މީގެ ކުރިން މިހާ އަމާން އޮމާންކޮށް ވެރިކަން އެއްފަރާތުން އަނެއް ފަރާތައް ބަދަލުވެފައި ނުވާކަމަށެވެ.

ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން

~ ރައީސް ޞޯލިޙް

އިތުރަށް ރައީސް ޞޯލިޙް ވިދާޅުވީ 2012 ވެސް އަދި 2013 ވަނަ އަހަަރު ވެސް ވެރިކަން ބަދަލުވެގެން ދިޔައީ ސުޕްރީމްކޯޓު މެދުވެރިވެގެން ކަމަށެވެ. އެތަކެއް މުޒާހިރާތަކަކަށް ފަހު ކަމަށެވެ.

ރައީސް ޞޯލިޙް މިފަދައިން ވިދާޅުވެފައިވާއިރު، މިހާރު ވެރިކަމަށް ވަޑައިގަންނަވަން ތައްޔާރުވަމުންދާ ޕީޕީއެމް/ ޕީއެންސީ ކޯލީޝަނުން ބުނެފައިވަނީ އެ ކޯލީޝަންގެ އިސް ލީޑަރ ރައީސް ޔާމީން އަށް އިންތިޚާބުގައި ބައިވެރި ނުވެވުނީ ސަރުކާރުގެ ނުފޫޒާއި ބާރުން ކަމަށެވެ.

އެކޯލީޝަނުން ބުނެފައިވަނީ، އެރީ ޙައްޤު ނޫން ޙުކުމެއް ކަމަށާއި ސިޔާސީ ޙުކުމެއް ކަމަށެވެ.

ޓެގްސް: ރައީސް ޔާމީން ޚާއްޞަކޮށް ފާހަގަކުރާ ދުވަސްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.