މިއަދުގެ ދެވަނަ ޖަލްސާގެ ރިޔާސަތުގައި އިންނެވީ އީވާ ޢަބްދުއްﷲ

ހަބަރު

ޤަރާރު ޤަވާއިދަށް ނުފެތޭތީ، ޖަލްސާ ކުރިއަށް ނުގެންގޮސް ނިންމާލައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 12 ނޮވެންބަރު 2023 , އާދީއްތަ 12:11   386

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ އިން ހުށަހަޅާފައިވާ، މަޖިލީހުގެ ރައީސްގެ މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެ ރިޔާސަތުން ޖަލްސާ ނިންމާލައިފިއެވެ. އެގޮތަށް ނިންމެވީ މިއަދު 11.30 ގައި އޮތް މަޖިލީހުގެ މިއަދުގެ ދެވަނަ ޖަލްސާގެ ރިޔާސަތުން، ނައިބު ރައީސް އިވާ ޢަބްދުއްﷲ އެވެ.

އެމްޑީޕީގެ ހުށަހެޅުމާއި އިދިކޮޅު މެމްބަރުން ވިދާޅުވީ، އެ ހުށަހެޅުން އޮތީ މަޖިލީހުގެ ޤަވާއިދުތަކާއި އެއްގޮތަށް ނޫންކަމަށެވެ.

ހަމައެހެންމެ ޖަލްސާ ނިންމާލައްވަމުން، އީވާ ވިދާޅުވީ މަޖިލީހުން ކުރިން ބޭއްވި ޖަލްސާގައި މި ގަރާރުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅާފައިވުމުން މި ޖަލްސާ ދެން އިތުރަށް ކުރިއަށްގެންދެވޭނެ ޖަލްސާއެއްކަމަށް ގަބޫލުފުޅުނުކުރައްވާކަމަށެވެ.

މިޖަލްސާގެ ކުރިންވެސް މިއަދު ޖަލްސާއެއް ހެނދުނު 9.30 ގައި ކުރިއަށް ގެންދަން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް، ނިޒާމީ އޮއިވަރުގައިޖެހި އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދެވުނެވެ. އެޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ޙަސަން އަފީފެވެ.

އެ ޖަލްސާ ނިންމާލައްވަމުން ރިޔާސަތުން ވިދާޅުވީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނޫންކަމަށެވެ. އެއާއިއެކު އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ނިކުމެ އިޙްތިޖާޖުކޮށް އަޑު އުފުލާފައިވެެއެވެ.

ޓެގްސް: އެމްޕީ އީވާ ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.