ކުރީގެ ރައީސް ޢަބްދުއްﷲ ޔާމީން

ހަބަރު

ހުވާކުރުމުގެ ރަސްމިއްޔާތަށް ރައީސް ޔާމީންއަށް ދަޢުވަތު އަރުވަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 12 ނޮވެންބަރު 2023 , އާދީއްތަ 19:29   430

ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އޮންނަ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ރައްޔިތުންގެ މަޖިލީހުން ދަޢުވަތު އަރުވާނެކަމަށް ބުނެފިއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނެފައިވަނީ މާދަމާގެ ނިޔަލަށް ދަޢުވަތު ފޮނުވާނެކަމަށެވެ.

ރައީސް ޔާމީން މިވަޤުތު ހުންނެވީ ގޭ ބަންދުގައި، އަމިއްލަ ގެކޮޅުގައެވެ. އެމަނިކުފާނަށް ވަނީ 11 އަހަރުގެ ޙުކުމެެއް އިއްވަވާފައެވެ. އަދި ގެންދަވަނީ އިސްތިޢުނާފްގެ މަރުޙަލާ ކަޑައްތުކުރަމުންނެވެ.

އިންތިޚާބީ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 3500 މީހުންނަށް ދަޢުވަތު ދޭނެކަމަށް ބެލެވޭއިރު، އެންމެހައި އިންތިޒާމުތައް ހަމަޖައްސަވަނީ މަޖިލީހުގެ އިދާރާއިންނެވެ.

ރަސްމީ ހުރިހާ ފަރާތްތަކަށް ދަޢުވަތު އަރުވާނީ ވެސް މަޖިލީހުގެ އިދާރާގެ ފަރާތުން ކަމަށް ވެސް މަޢްލޫމާތު ލިބިފައިވެއެވެ.

ޓެގްސް: ރައީސް ޔާމީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.