ފިނޭންސް މިނިސްޓަރު އާލާސްކަންފުޅާ އުޅުއްވާތީ ވަޑައިނުގަންނަވާ

ހަބަރު

ކޯރަމް ނެތިގެން ބަޖެޓް މަސައްކަތެއް ނުކުރެވުނު، މެމްބަރުން ތިއްބެވީ ކުޑަދަށުގައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 13 ނޮވެންބަރު 2023 , ހޯމަ 11:17   555

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ޖަލްސާ ކެންސަލްކޮށްފިއެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމެނެނީ މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ދައުލަތުގެ ބަޖެޓް ހުށަހެއްޅުވުމެވެ. މީގެ ތެރޭގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާާއި، ސަޕްލިމެންޓްރީ ބަޖެޓްގެ ގޮތުގައި ސަރުކާރުން ހުށަހަޅާ ބަޖެޓް ހިމެނެއެވެ.

ރިޔާސަތުގައި އިންނެވީ ނައިބުރައީސް އީވާ އަބްދުﷲ އެވެ. ރިޔާސަރުން ހެނދުނު 9 އެއް ޖެހިއިރު ފައްޓަވަން މަސައްކަތްކުރެއްވި ނަމަވެސް، ކޯރަމް ހަމަ ނުވާތީ ކުރިއަކަށް ނުގެންދެވެނެވެ. އެކަމަނާ ވިދާޅުވީ އެމްޑީޕީގެ މެންބަރުން ކޯރަމް ހަމަނުކޮށްދީ މަޖިލީހުގެ ކުޑަދޮށުގައި ތިބި ކަމަށާއި އެެހެންކަމުން މަޖިލިސް ބޭއްވޭތޯ ކުރެވެންހުރި މަސައްކަތެއް ކުރައްވާފައިވާ ކަމަށެވެ.

ބަޖެޓްގެ ޖަލްސާގައި ބައިވެރިވެވަޑައި ނުގެނެންވެނެކަމަށް ވިދާޅުވެ، ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހަށް ރޭ ސިޓީގައި ފޮނުއްވާފައެވެ. ވިދާޅުވީ މަޖިލީހުގެ ޖަލްސާއަށް ވަޑައިގަންނަނަވަން އުޒުރުވެރިވެ ވަޑައިގަންނަވާކަމަށާއި، 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅަން ތާވަލުކޮށްފައިވީ ނަމަވެސް ބަލިހާލަތު ހުރިގޮތުން ހާޒިރުވެވެން ނެތް ކަމަށެވެ.

ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް މީޑިއާތަކާއި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، "ބަޖެޓްވެސް އަދި އެހެން މަސައްކަތެއް ވެސް، ކުރިއަށް ގެންދެވީ ރައީސް ނަޝީދު މަޤާމުން ދުރުކުރުމަށްފަހު" ކަމަށެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.