މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުއްﷲ މަޖިލީހުގެ ރިޔާސަތުގައި

ހަބަރު

50 ސޮޔާއިއެކު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އެމްޑީޕީ އިން ހުށަހަޅައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 13 ނޮވެންބަރު 2023 , ހޯމަ 13:56   530

ވެރިކަންކުރާ ޕާޓީ، އެމްޑީޕީ ގެ ޕާލަމެންޓްރީ ގްރޫޕުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު، އީވާ ޢަބްދުއްﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އަނެއްކާ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އީވާގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ، މަޖިލީހުގެ ރައީސްގެ މައްސަލަ ވެސް ހުށަހެޅި ކުރިއަށް ނުގެންދެވިފައިވާ ދަނޑިވަޅެއްގައެވެ. މިއީ އީވާގެ މައްސަލަ ވެސް ހުށަހެޅިގެންދާ ދެވަނަ ފަހަރެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން ވެސް އެމްޑީޕީ އިން މި ދެމައްސަލަ ވެސް މަޖިލީހަށް ވެއްދިއެވެ. ނަމަވެސް، ދެވަނަ ބުރުގައި ޑިމޮކްރެޓްގެ ތާޢީދު ބޭނުންވާނެކަމަށް ބަލައި ދެ މައްސަލަ ވެސް އަނބުރާ ގެންދެވީއެވެ.

މިފަހަރު މައްސަލަ ހުށަހަޅުއްވާފައިވަނީ 50 މެމްބަރުންގެ ސޮޔާއިއެކުއެވެ. އޭގެތެރޭގައި ވަކި ފަރާތަކަށް ނިސްބަތްނުވާ މެމްބަރެއް ކަމުގައިވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ވެސް ހިމެނެއެވެ.

ޓެގްސް: އެމްޕީ އީވާ ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.