ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު، މިއަދުގެ ޖަލްސާގައި

ހަބަރު

މަޖިލީހުގެ ރައީސް އާއި ނައިބުރައީސް އިސްތިޢުފާދެއްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 13 ނޮވެންބަރު 2023 , ހޯމަ 17:30   512

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އާއި ނައިބުރައީސް އީވާ ޢަބްދުއްﷲ މަޤާމުން އިސްތިޢުފާދެއްވައިފިއެވެ.

ދެބޭފުޅުންގެ ވަނީ އިސްތިޢުފާގެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވާފައެވެ.

ދެބޭފުޅުން ވެސް އިސްތިޢުފާ ދެއްވާފައިވަނީ ދެވަނަފަހަރަށް ވެރިކަންކުރާ އެމްޑީޕީއިން މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައިވަނިކޮށެވެ. އީވާގެ މައްސަލަ ވައްދާފައިވަނީ މިއަދު އެވެ. އެއީ 50 މެމްބަރުންގެ ސޮޔާއިއެކުއެވެ.

މިދެބޭފުޅުންވެސް އިސްތިޢުފާ ދެއްވާފައިވާއިރު، ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް މިއަދު ހަވީރު ޖަލްސާއެއް ބޭއްްވުމަށް ތާވަލު ކޮށްފިއެވެ. މިޖަލްސާ އޮތީ މިއަދު ހަވީރު 16:00 ގައި ތާވަލުކޮށްފައެވެ. މި ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީ ނަޝީދު ވަކި ކުރުމުގެ މައްސަލަ އެކަންޏެވެ.

އިސްތިޢުފާ ދެއްވުމާއި ގުޅިގެން އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ވެސް މަޖިލީހުން ވަނީ ނިންމާފައެވެ.

މަޤާމުން އިސްތިޢުފާދެއްވި ނަމަވެސް ދެ ބޭފުޅުންވެސް މަޖިލީހުގައި ތިއްބަވާނެއެވެ. ރައީސް ނަޝީދު އަކީ މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރެވެ. އަދި އީވާ އަކީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރެވެ.

މިއަދުގެ ޖަލްސާ، ޚުލާޞާކޮށް [ވީޑިއޯ]

ރައީސް ނަޝީދުވަނީ އިސްތިޢުފާ ދެއްވިކަން އިޢްލާންކުރައްވައި ނޫސްވެރިންގެ ބައްދަލުވުމެއް ވެސް މިއަދު ހަވީރު ބާއްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، އިސްތިޢުފާ ދެއްވީ ޑިމޮކްރެޓިކް ޕްރޮސެސްއަށް ޖާގަ ދެއްވުމުގެ ގޮތުން ކަމަށެވެ. އިތުރު ތަފްޞީލެއް ނުދެއްވައެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެމްޕީ އީވާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.