ހިތަދޫ އުތުރު ދާއިރާގެ މަޖިލީސް މެމްބަރު އަސްލަމް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ

ހަބަރު

53 ވޯޓުން މަޖިލީހުގެ ރައީސްކަމަށް އައްޑޫ އަސްލަމް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 14 ނޮވެންބަރު 2023 , އަންގާރަ 08:33   443

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް، މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިޚާބުކޮށްފިއެވެ.

އަސްލަމް މިމަޤާމަށް އިންތިޚާބުވެގެންދިޔައީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ.

އެމްޑީޕީ އިން ބޭނުންވީ މަޖިލީހުގެ ރައީސް ބޭރު ނުކުރެވެނީސް މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދިނުމަށެވެ. އެމްޑީޕީ އިންވަނީ މިކަމާއިގެން ސުޕްރީމްކޯޓަށް ވެސް ގޮސްފައެވެ.

އަސްލަމް އިންތިޚާބުކޮށްފައިވަނީ އަންގާރަދުވަހުރޭ 10 ޖެހި އިރު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. މިޖަލްސާގައި ޑިމޮކްރެޓްސްގެ ފަރާތުން ޢަލީ އާޒިމްގެ ނަން ވެސް ހުށަހެޅުނެވެ.

އަސްލަމަށް ލިބިވަޑައިގެންނެވީ 53 ވޯޓެވެ. އާޒިމަށް 23 ވޯޓެވެ.

ޓެގްސް: އެމްޕީ އަސްލަމް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.