ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، ރައްޔިތުންގެ މަޖިލީހުގައި

ހަބަރު

އަންނަ އަހަރަށް އަމީރު ހުށަހެޅުއްވީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް، ޢާމްދަނީ 33.5 ބލިއަނުގައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 14 ނޮވެންބަރު 2023 , އަންގާރަ 14:41   413

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ގޮތުގައި، 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މީގެތެރެިން 34.8 ބިލިއަން ރުފިޔާ ޚަރަދުވަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައެވެ.

ޢާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނި 33.5 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓަކީ 16 ބިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ. ބަޖެޓް ފޫ ބެއްދުމަށް 17 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ނަގަން ޖެހެއެވެ.

އިޤްތިޞޯދު ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ 8.7 އިންސައްތައެވެ. އަދި އުފެއްދުންތެރިކަން 5.5 އިންސައްތަ އިތުރުވާނެކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓަރު އަމީރު ބަޖެޓު ހުށަހެޅުއްވިއިރު ބައެއް މެމްބަރުން ގެންދެވީ ހަޅުތާލުކުރަމުންނެވެ.

ޓެގްސް: ފިނޭންސް މިނިސްޓްރީ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލިސް ދައުލަތުގެ ދަރަނި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.