އިންތިޚާބީ ރައީސް މުޢިއްޒު ހުވާކުރެއްވުން މިއަދު ހަވީރު، ލަންކާގެ ބޮޑުވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ

ހަބަރު

އާ ރައީސް އާއި ވަޒީރުން ހުވާކުރުން ހަވީރު، ހަވާއެރުވުން މިރޭ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 ނޮވެންބަރު 2023 , ހުކުރު 15:28   1164

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގެ ހުވާކުރުމާއި، ދިވެހި ސަރުކާރުގެ އާ މިނިސްޓަރުންގެ އާ ކެބިނެޓް ހުވާކުރުން މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ.

މިރަަސްމިއްޔާތު ފެށެނީ މިއަދު ހަވީރު 4 ޖަހާކަށް ހާއިރުއެވެ.

ބޭރުގެ ޢިއްޒަތްތެރިން ވަޑައިގަތުން

މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރެމެސިންހޭ ގެ ދެ ކަނބަލުން ވަނީ ރާއްޖެ ވަޑައިގެންފައެވެ. މީގެ އިތުރުން، ޗައިނާގެ ޚާއްޞަ މަންދޫބެއްގެ އިތުރުން، އިންޑިއާގެ ސައިއެންސް މިނިސްޓަރާއި، ތުރުކީވިލާތުގެ ވަޒީރު ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.

އިތުރަށް ވަޑައިގެންފައިވާ ބޭރުގެ ޢިއްޒައްތެރިން : - އަބްދުﷲ އަފީފުގެ ދަރިކަލުން، ސީޝެލްސްގެ ނައިބު ރައީސް އަހްމަދު އަފީފު

ރައީސް ސާލިޙް ވަނީ މި ބޭފުޅުންނާއި ބައްދަލުކުރައްވައި މެޙްމާންދާރީ އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތު ބައްލަވާލުމަށް ބޭރުގެ މީޑިއާތަކުން ވަޑައިގެންފައިވާއިރު، އަޑު ތަރުޖަމާކޮށް އިނގިރޭސިބަހުންނާއި ޗައިނާ ބަހުން އަޑުއެހޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.

ރަސްމިޔާތުގެ އިންތިޒާމުތަކަށް ފަހިކުރުމުގެގޮތުން މިއަދު މެންދުރުފަހު 2 އިން ހަވީރު 6 އަށް މާލޭގައި ބޮޑެތި ވެހިކަލްތައް ދުއްވުން މަނާވާނެއެވެ.

ވަޒީރުން ހުވާކުރުން

އިންތިޚާބީ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު އާ ވަޒީރުންގެ ހުވާކުރުން ރައީސް އޮފީހުގައި އޮންނާނެކަމަށް މައްލޫމާތު ލިބިފައިވެއެވެ.

އަލަށް އެކުލަވާލާ 22 ވަޒީރުންގެ ކެބިނެޓު:

  • އިކޮނިމިކް މިނިސްޓްރީ: މުހައްމަދު ސައީދު
  • ޓޫރިޒަމް މިނިސްޓްރީ: އިބްރާހިމް ފައިސަލް
  • ހައުސިން މިނިސްޓަރު: ޑރ. ހައިދަރު އަހުމަދު
  • ހެލްތު މިނިސްޓަރު: ޑރ. އަބްދުﷲ ހަލީލް
  • އެޑިއުކޭޝަން މިނިސްޓަރު: ޑރ. އިސްމާއިލް ޝަފީއު
  • ޕްލޭނިން އެންޑް އެންވަޔަރަމަންޓް މިނިސްޓްރީ: ތޯރިގު އިބްރާހިމް
  • ޖެންޑާ މިނިސްޓްރީ: ޑރ. އައިޝަތު ޝިހާމް
  • ޓްރާންސްޕޯޓް މިނިސްޓްރީ: މުހައްމަދު އަމީން (ކެޕްޓަން އަމީން)
  • ފޮރިން މިނިސްޓްރީ: މޫސާ ޒަމީރު
  • ޑިފެންސް މިނިސްޓްރީ: ގައްސާން މައުމޫން
  • ލޯކަލް ގަވަރުނަންސް މިނިސްޓްރީ: އާދަމް ޝަރީފް އުމަރު
  • ފިޝަރީޒް މިނިސްޓަރު: އަހުމަދު ޝިޔާމް
  • ހޯމް މިނިސްޓަރު: ޑރ. އަލީ އިހުސާން
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު: ޑރ. މަރިޔަމް މާރިޔާ
  • އިސްލާމިކް މިނިސްޓަރު: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ސްޕޯޓްސް މިނިސްޓަރު: ޑރ. އަބްދުﷲ ރާފިއު
  • ފިނޭންސް މިނިސްޓަރު: ޑރ. މުހައްމަދު ޝަފީގު.
  • ގައުމިއްޔަތު މިނިސްޓްރީ: އާދަމް ނަސީރު އިބްރާހިމް
  • ޔޫތު އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ: އިބްރާހިމް ވަހީދު (އަސްވާޑު)
  • އެގްރިކަލްޗަރަލް މިނިސްޓްރީ: ޑރ. އައިޝަތު ރަމީލާ
  • އިންފްރާންސްޓެކްޗާ އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ: ޑރ. އަބްދުﷲ މުއްތަލިބު

އާ ރައީސް އިންތިޚާބުވުމާއި ގުޅިގެން ހަވާއެރުވުން އޮންނާނެކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. ހަވާ އެރުވުން އޮންނާނީ މިރޭ 9:00 ގައި އިއްޒުއްދީން ފާލަމާ ދިމާލުން ކަނޑުގެ ސަރަހައްދުގައި ކަމަށެވެ.

އިންތިޚާބީ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ސިފައިންގެ ކުންފުނިން 23 މިލިއަނާއި ގާތްކުރާ ޢަދަދަކަށް ޚަރަދުކޮށްފައިވެއެވެ. މިއީ ތާރީޚުގައި މިފަދަ ރަސްމިއްޔާތަކަށް އެންމެ ބޮޑު ހޭދައެއްކުރެވުނު ފަހަރެވެ.

ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައި ނުގަނޭ

ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ ރައީސް ޔާމީން އަށް ރައްޔިތުންގެ މަޖިލީހުން ދަޢުވަތު އެރުވުނު ނަމަވެސް، ބައިވެރިވެވަޑައިނުގަންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވިދާޅުވީ، އެހާ ހައިބަތު ބޮޑު ޖަލްސާއެއްގައި ކުށްވެރިއަކަށް ވެހުރެ ބައިވެރިވެވަޑައިގަންނަވަން އުޒުރުވެރިވެ ވަޑައިގަންނަވާކަމަށެވެ.

ރައީސް އިބޫ ވަނީ ރަސްމިއްޔާތުގެ ބައިވެރިވެވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.

މޭޔަރުކަމުން އިސްތިޢުފާ ދެއްވުން

އިންތިޚާބީ ރައީސް މުޢިއްޒު ވަނީ މާލޭގެ މޭޔަރުކަމުން އިސްތިއުފާދެއްވާފައިވާކަން އިޢްލާން ކުރައްވާފައެވެ.

ޓެގްސް: ޑރ. މުއިއްޒު ރައީސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.