ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 8 ވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޤާމާއި މިއަދު ޙަވާލުވުމާއިއެކު، އެމަނިކުފާނާއިއެކު މަސައްކަތްކުރައްވާނެ ކެބިނެޓް އިޢްލާންކޮށް، ވަޒީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.
ރައީސް މުޢިއްޒުގެ ކެބިނެޓުގައި ޖުމްލަ 22 މިނިސްޓަރަކު ހިމެނެއެވެ. މީގެ އިތުރުން 5 މިނިސްޓަރަކު ރައީސް އޮފީހަށް ހަމަޖައްސަވާފައިވެއެވެ.
ޚާއްސަ އެޑްވައިޒަރަކަށް ހަމަޖައްސަވާފައިވަނީ، ކުރީގެ ރައީސް ޔާމީން އާއި އެންމެ އަރިސްކޮށް މަސައްކަތްކުރެއްވި، އަބްދުއްރަހީމް އަބްދުﷲ އެވެ. މީގެ ކުރިން ލާމު އަތޮޅު އޮފީހުގައި ވެސް މަސައްކަތްކުރައްވާފައިވާ، އަބްދުއްރަހީމް ވަނީ 16 ވަނަ ރައްޔިތުންގެ މަޖިލީހާއި 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ލ. ފޮނަދޫ ދާއިރާގެ މެންބަރުކަން ކުރައްވައިފަ އެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް މަގާމަށް އައްޔަނު ކުރައްވާފައި ވަނީ ގ. ހިޔަލަ, އަބްދުالله ފަޔާޒެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ހައުސިން މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރަކަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ވެސް އޭނާ ހުންނެވި އެވެ.
ހުވާކުރުމާއި ފަތްކޮޅު އެރުވުން އޮތީ މިރޭ ރައީސް އޮފީހުގައެވެ.
ވަޒީރުންގެ މަޖިލީސް:
1. އެޓާނީ ޖެނެރަލް: އަހުމަދު އުޝާމް
2. ފޮރިން މިނިސްޓަރު: މޫސާ ޒަމީރު
3. ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ: އަލީ އިހުސާން
4. ފިނޭންސް މިނިސްޓަރު: މުހަންމަދު ޝަފީގު
5. އެޑިއުކޭޝަން މިނިސްޓަރު: ޑރ. އިސްމާއިލް ޝަފީއު
6. ހެލްތު މިނިސްޓަރު: ޑރ. އަބްދުﷲ ހަލީލު
7. އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރު: މުހަންމަދު ސައީދު
8. ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު: އަހުމަދު ޝިޔާމް
9. އިސްލާމިކް އެފެއާޒް މިނިސްޓަރު: ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު
10. ޓޫރިޒަމް މިނިސްޓަރު: އިބްރާހިމް ފައިސަލް
11. ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓަރު: ޑރ. އައިޝަތު ޝިހާމް
12. ސްޕޯޓްސް އެންޑް ރިކްރިއޭޝަން މިނިސްޓަރު: އަބްދުﷲ ރާފިއު
13. ކްލައިމެޓް އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓަރު: ތޯރިގް އިބްރާހިމް
14. ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު: އަލީ ހައިދަރު
15. ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަަން މިނިސްޓަރު: މުހަންމަދު އަމީން
16. ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު: އާދަމް ނަސީރު އިބްރާހިމް
17. ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް މިނިސްޓަރު: ޑރ. މަރިޔަމް މާރިޔާ
18. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު: ޑރ. އަބްދުﷲ މުއްތަލިބް
19. ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު: އިބްރާހިމް ވަހީދު (އަސްވާޑް)
20. ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު: އާދަމް ޝަރީފު
21. އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު: ޑރ. އައިޝަތު ރަމީލާ
22. ޑިފެންސް މިނިސްޓަރު: މުހަންމަދު ޣައްސާން މައުމޫން
ރައީސް އޮފީހުގެ މިނިސްޓަރުން
- މިނިސްޓަ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް- އަލީ އާރިފް
- މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް- އަބްދުﷲ ނާސިރު
- މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް- އާދަމް ރަމީޒް
- މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން- އިބްރާހީމް ހަލީލް
- މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ލީގަލް އެފެއާޒް- އަހުމަދު ހިޝާމް ވަޖީހު
އައްޔަން ކުރެއްވި އެހެން މަގާމުތައް
- ޕްރިސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް، މުހައްމަދު ނަސީމް
- ޕްރިސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް، އަލީ ހަބީބު
- ޕްރިސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓް މުހައްމަދު ޝާހިދު
- ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ސާވިސަސް، އަލީ އާމިރު
- ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް، އައްބާސް ޝަރީފް
- ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އައިޝަތު އިކްރާމް
އެޑްވައިޒަރުން
- ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަ- ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ލަތީފު
- ޕްރިންސިޕަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް- މުޙައްމަދު އަލީ ޖަނާހު
- އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް- މުހައްމަދު ހަލީލް
ޗީފް އޮފް ޑިފެންސް ފޯސް
- މޭޖާ ޖެނެރަލް އަބްދުލްރަހީމް އަބްދުއްލަތީފް
ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖް
- ޑރ. އަލީ ނަސީރު
