ރައީސް މުޢިއްޒު ހުވާކުރުމަށްފަހު

ހަބަރު

ކިޔުންތެރިއެއްގެ ޚިޔާލު: ކުޅަދާނަ ޤާބިލް ލީޑަރެއްގެ މޭސްތިރިކަމުގައި ދިވެހިރާއްޖެ އާފެށުމަކުން ފަށައިފި!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 ނޮވެންބަރު 2023 , ހުކުރު 21:40   546

މިއަދަކީ ނޮވެމްބަރު 17 އެވެ. ދުވަހަކީ ހުކުރުދުވަހެވެ. މިއަދު ޢަޞުރުން ތިރިވެ އިރުއޮއްސުނުއިރު، ﷲގެ ތަނަވަސްރަހުމަތާއެކު އަޅުގަނޑުމެން މިތިބީ ދިވެހިންގެ ރާއްޖޭގެ ބަނދަރުގައެވެ.

ބޮޑެތި މާވަހިތަކެއް ނަގަމުން އައި ގަދަކަނޑެއްގައި މިހިސާބަށް އާދެވުނުއިރު ހާލަތު މިއޮތީ ވަރަށް ދަށުގައެވެ. މިނިވަންކަމަށް އޮތީ އަޅުވެތިކަމުގެ ހިރަފުސް ބުރާފައެވެ. މިރާއްޖޭގެ ބައިތުލްމާލު ހުރީ ހުސްވުމަކާ ހިސާބުގައެވެ. ދަރަނިވެރިކަން އޮތީ ދަރިންގެ ދަރިން ވެސް އަތް ނުފޯރާ ހިސާބަށް މަތިވެފައެވެ. ކަންކަން ކުރަނީ ހިތައް އެރި ގޮތަކަށެވެ. ކޮށިކޮށީގައި ތިބި މުލު ވަގުން ވެސް މިނިވަންވެއްޖެއެވެ. ގޯސްތައް ހެދި މީހުން ކޮޅުކޮޅަށް ހިނގައްޖެއެވެ. ނިދާފައި ތިބި ބަޔަކު ވެސް އެންމެފަހުން ބަޔަކު ހަޅޭއްލަވައިގަތީމާ ތެދުވެއްޖެއެވެ. ދައުރެއް ނިމުނުއިރު ކީހާޅެން ވަނީ ފަރިއްސަށްވެފައެވެ.

މާތްﷲގެ ވާގިކުޅާއެކު މިއަދު އިރު އޮއްސުނުއިރު ދިވެހިން މިވަނީ، ރާއްޖެ އާރާސްތުކުރުމުގެ މަސައްކަތް ކުޅަދާނަ ޤާބިލް ލީޑަރެއްގެ މޭސްތިރިކަމުގައި ފަންނީ މީހުންގެ އެހީތެރިކަމާއެކު ފެށި، ޤައުމުގައި އަމާންކަމުގެ ދިދަ އުފުލި މިހާތަނަށް ފިއްތިފައި އޮތް ފިއްތުންތަކުން ސަލާމަތްވެ މިނިވަންކަމުގެ މާހައުލަކަށް ހަށިފޮޅާލާފައެވެ.

ދެން އިސާހިތަކު ފެންނާނީ އަދި މިހާހިސާބަށް ނުދެކޭ ފަދަ ތަފާތު މަންޒަރުތަކެވެ. ބަހާރު މޫސުމަކަށް ދިރުން ގެންނަން ވަޅުލެވުނު އާ އޮށްތަކެއްް ކޯދުލާތަނެވެ.މާދަމާ އާ ފަތިހަކަށް އަލިވިލޭއިރު ވަށައިގެން ފެންނާނީ މިންވަން އައްސޭރިތަކެވެ. އިސްލާމީ އާ ތަޞިައްވުރަކާއެކު ދީނީ އިސްތިރާޖީ ސިޔާސަތެއް ހިންގަން ފެށޭނެއެވެ. ވަޅުޖެހިފައި އޮތް ޤައުމިއްޔަތު އަލުން ކޮޅަށް ނަގަންފެށޭނެއެވެ.

ފެންނަން އޮތީ އިގްތިސާދީ ތަރައްޤީގެ ނާރެހެވެ.

ވަށާޖެހިފައިވާ ސިޔާސަތުތަކެއް ހިނގަން ފެށި " ޕްރޯ މޯލްޑިވްސް" އަކަށް ހޮނިހިރު ދުވަހުގެ އިރު އުދަވާލަދިނީ އުފާ ފާގަތި ކަމުގެ ކުލަވަރު ދައްކަމުންނެވެ.

އިންޝާﷲ

[ނޯޓު: މިއީ ކިއުތެރިއެއް ކަމުގައިވާ، އަހުމަދު ނާސިރު ޙިއްޞާކޮށްފައިވާ ލިޔުމެކެވެ]

ޓެގްސް: ރައީސް ޑރ. މުއިއްޒު ޚިޔާލު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.