ރައީސް އޮފީހުގައި ރޭ ބޭއްވުނު ބައްދަލުވުމުގެ ތެރެއިން

ހަބަރު

ރައީސް މުޢިއްޒު ހުވާކުރެއްވުމަށްފަހު، ލަންކާގެ ރައީސް އާއި ތުރުކީގެ ޓޫރިޒަމް ވަޒީރާއި ބައްދަލުކުރައްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 18 ނޮވެންބަރު 2023 , ހޮނިހިރު 09:57   474

އަލަށް ރާއްޖެގޭ ރައީސްކަމާއި ޙަވާލުވި، ރާއްޖޭގެ 8 ވަނަ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހޭ އާއި ތުރުކީގެ ޓޫރިޒަމް ވަޒީރު މެހްމެތް ނޫރީ އާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުންތައް ބާއްވާފައިވަނީ އިއްޔެ ހަވީރު ބޭއްވި ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު އެވެ. ބައްދަލުވުންތަކުގައި ރައީސް މުޢިއްޒު ވިދާޅުވީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަކީ އެ ޤައުމުތަކާއިއެކު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ކަމެއްކަމުގައެވެ.

ސްރީ ލަންކާގެ ރައީސް އާއިއެކު ބޭއްވުނު ބައްދަލުވުންތަކުގައި، ރާއްޖޭގެ ދަރިވަރުންނަށް ވިސާ ހޯދުމުގައި ފަސޭހަ ލުއިގޮތްތަކެއް ހޯދުމާއި ގުޅޭގޮތުން އަލި އަޅުވާލެވުނެވެ. އިގުތިޞޯދު އާރާސްތުކުރުމާއި ގުޅޭގޮތުން ވާހަކަތައް ދެކެވުނެވެ. އަދި ބޮޑުވަޒީރު ވަނީ ފަސޭފުޅު ވަޤުތެއްގައި ސްރީލަންކާ އަށް ރަސްމި ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު އަރުވާފައެވެ.

ތުރުކީގެ ވަޒީރާއިއެކު ދެކެވުނު ވާހަކަތަކުގެ ތެރޭގައި ވައިގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާއި، ޓޫރިޒަމާއި ތަޢުލީމު ފުޅާކުރުމާއި ގުޅޭގޮތުން ވާހަކަދެކެވުނުކަމަށް ވެސް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.

ދެޤައުމުގެ އިއްޒަތްތެރިން ވެސް ވަނީ ރައީސް މުޢިއްޒަށް ހޫނު މަރުޙަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.

ޓެގްސް: ތުރުކީ ސްރީލަންކާ ރައީސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.