އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް

ހަބަރު

އީސީ ރައީސް ފުވާދު އިސްތިޢުފާ ނުދެއްވާ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 ނޮވެންބަރު 2023 , އާދީއްތަ 10:43   582

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުވާދު ތައުފީގް އިސްތިޢުފާ ނުދެއްވާކަމަށް އިލެކްޝަންސް ކަމިޝަނުން ބުނެފިއެވެ.

އީސީ އިން މިހެން ބުނެފައިވަނީ ފުވާދު ބޭރުގެ އެމްބަސީއެއްގައި ވަޒީފާ ހަމަޖެހިފައިވާތީ، އިސްތިޢުފާ ދެއްވާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން އެވާހަކަ ފަތުރަމުން ދަނިކޮށެވެ.

މިކަމާއި ގުޅިގެން ފުވާދު ވިދާޅުވެފައިވަނީ، ބޭރުގެ އެމްބަސީއެއްގައި މަސައްކަތްކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށާއި، ނަމަވެސް، އަދި އެކަމާއިމެދު ގޮތެއް ނިމިފައި ނުވާކަމަށެވެ.

އެހެންކަމުން އަދި އިލެކްޝަންސްގެ ރައީސްކަމުން އިސްތިޢުފާ ނުދެއްވާކަމަށެވެ.

ޓެގްސް: އިލެކްޝަންސް ކަމިޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.