އެހީ އާއިއެކު، ކޮވިޑްގެ ބަލިމަޑުކަމުގައި ރާއްޖެއަށް ޒިޔާރަތްކުރި އިންޑިޔާގެ މަނަވަރެއް

ހަބަރު

ރާއްޖޭގައި ޤާއިމުވެފައި ތިބީ އިންޑީއާގެ 77 ސިފައިންގެ މީހަކު - ރައީސް އޮފީސް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 ނޮވެންބަރު 2023 , އާދީއްތަ 18:01   436

އަލަށް ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފުރަތަމަ ފަހަރަށް އިންޑިއާ އާއިއެކު އޮތް ސަލާމާތީ އަދި ޚާރިޖީ ގުޅުމާއި ގުޅޭގޮތުން ވާހަކދައްކަވައިފިއެވެ.

ރައީސް މުޢިއްޒުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، އެއްކުރެވިފައިވާ މަޢްލޫމާތުތަކަށް ބަލާއިރު ޖުމްލަ 77 އިންޑިއާ ސިފައިން ތިބިކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.

މީގެތެރެއިން 24 ސިފައިން ޙަރަކާތްތެރިވަނީ އެންމެ ފުރަތަމަ އިންޑިއާއިން ހަދިޔާކުރި ޑޯނިއާ ހެލިކޮޕްޓަރު ބެލެހެއްޓުމަށެވެ. އަދި ފުރަތަމަ ހެލިކޮޕްޓަރު ބެލެހެއްޓުމަށް 25 ސިފައިން، ދެވަނަ ހެލިކޮޕްޓަރު ދުއްވުމަށް 26 ސިފައިން ޙަރަކަތްތެރިވަމުންދާކަމަށެވެ.

އަދި އިތުރު 2 މީހަކު އިންޖިނިއަރުންގެ ގޮތުގައި ޙަރަކާތްތެރިވާކަމަށެވެ.

އިތުރަށް ފިރުޒުލް ވިދާޅުވީ އިންޑިއާ އާއިއެކު 5 އަހަރުގެ ތެރޭގައި ޖުމްލަ 100 އަށްވުރެ ގިނަ ޚާރިޖީ އެއްބަސްވުން ހަދާފައިވާކަމަށެވެ. އެއީ ޕްރޮޖެކްތަކަށް ވެވުނު އެއްބަސްވުންތައް ނުހިމަނައެވެ.

ގިނަ ކަންކަމުން ރައްޔިތުންނަށް ފައިދާކޮށްފައިވޭ. ނަަމަވެސް، ދިވެހި ރައްޔިތުންނަށް އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫން.

~ ފިރުޒުލް

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވެރިކަމުގެ ފުރަތަމަ ދުވަހު އިންޑިއާ ސިފައިންގެ ޢަދަދު ހާމަކުރައްވާނެ ވަޢުދާއިއެކުއެވެ.

ކުރީސަރުކާރުން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެދުމުން ވެސް ހާމަ ނުކޮށްފައެވެ.

ޓެގްސް: އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.