އޭއީއެޗްގެ ސީއީއޯ މުޙައްމަދު ސޯލިހް

ހަބަރު

އޭއީއެޗް ހޮސްޕިޓަލްގެ ހިންގުން މިނިސްޓްރީ ދަށަށް ބަދަލެއް ނުކުރޭ، ކުރީ އައްޑޫގެ ހެލްތް ސެންޓަރުތައް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 19 ނޮވެންބަރު 2023 , އާދީއްތަ 19:01   1301

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ހިންގުން ސިއްޙަތާއި ބެހޭ ވުޒާރާގެ ދަށަށް ގެންދެވިފައިވާކަމަށް ބައެއް މީޑިއާތަކުގައި އަޑުފެތުރިފައި ވީނަމަވެސް، މިހާތަނަށް އެކަން އެގޮތަށް ކޮށްފައި ނުވާކަން ހާމަވެއްޖެއެވެ.

އެކްސްޕްރެސް ނިއުސް އަށް ވަރަށް އިތުބާރު ހުުރިގޮތަކަށް މަޢްލޫމާތު ލިބިފައިވާގޮތުގައި، އޭއީޗް ވުޒާރާގެ ދަށަށް ގެންދިއުމަށް ނިންމާފައި ނުވިނަމަވެސް، އައްޑޫސިޓީގައި ޤާއިމުވެފައިވާ ހެލްތް ސެންޓަރުތައް [ސިއްޙީ މަރުކަޒުތައް] މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމަށް ނިންމާފައިވެއެވެ.

އައްޑޫގައި ޖުމްލަ 3 ސިއްޙީ މަރުކަޒަކާއިއެކު ދަމަނަވެއްޓެއް ހިންގަމުންދާއިރު، މިތަންތަން ހެލްތް މިނިސްޓްރީގެ ދަށުން އޭއީއެޗްގެ ދަށަށް ގެންގޮސްފައިވަނީ ނިމިމިދިޔަ ސަރުކާރުންނެވެ.

އޭއީއެޗް މިނިވަން ތަނެއްގެ ގޮތުގައި ބޭއްވުމަށް އައްޑޫގެ ގިނަބަޔަކު ބޭނުންވެއެވެ. ނަމަވެސް، ސިއްޙީ މަރުޒަކަޒު ތަކުގެ ޝަކުވާ ފާއިތުވެދިޔަތަނުގައި ބޮޑުވެގެން ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ.

އޭއީއެޗް ހޮސްޕިޓަލަކީ ރައީސް ޔާމީންގެ ސަރުކާރުން އައްޑޫގައި ފެއްޓެވި މަޝްރޫޢު އެކެވެ. އެ ހޮސްޕިޓަލް ހުޅުވާފައިވަނީ 15 ޖެނުއަރީ 2020 ވަނަ އަހަރުއެވެ.

ޓެގްސް: އޭއީއެޗް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.