ޑރ. މުޙައްމަދު ސޯލިޙް، އޭއީއެޗްގެ ސީއީއޯ

ހަބަރު

އޭއީއެޗް ހޮސްޕިޓަލްގެ ސީއީއޯ މަޤާމުން އިސްތިޢުފާދެއްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 21 ނޮވެންބަރު 2023 , އަންގާރަ 09:30   736

އޭއީއެޗް ހޮސްޕިޓަލްގެ ސީއީއޯ, ޑރ. މުޙައްމަދު ޞޯލިޙް މަޤާމުން އިސްތިޢްފާދެއްވައިފިއެވެ.

ޑރ. ސޯލިޙް އަކީ ގިނަ މީގެ ކުރިން ސާޖަން ޑޮކްޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ސިއްޙީ ދާއިރާގައި މަސައްކަތްކުރެއްވާފައިވާ ފަރާތެކެވެ.

ސީއީއޯ ކަމުގެ މަޤާމާއި ޙަވާލުވެވަޑައިގެންނެވުމުގެ ކުރިން ހުންނެވީ މާލޭގެ މެޑިކާ ހޮސްޕިޓަލުގައި ޗީފް ސާޖަން އެއްގެ ގޮތުގައެވެ. އަދި އަމިއްލަ ޙިއްޞާ އޮންނަ އެކުންފުނީގައި ސީއީއޯ އެއްގެ މަޤާމުވެސް އަދާކުރައްވާފައިވާކަމުގެ މަޢްލޫމާތު ލިބިފައިވެއެވެ.

އޭއީއެޗް ހޮސްޕިޓަލަކީ ރައީސް ޔާމީންގެ ސަރުކާރުގައި އައްޑޫގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ފެއްޓެވުމަށްޓަކައި ހިންގެވި މަޝްރޫޢު އެކެވެ. އެ ހޮސްޕިޓަލް ހުޅުވާފައިވަނީ 15 ޖެނުއަރީ 2020 ވަނަ އަހަރުއެވެ.

ޑރ. ސޯލިޙް ހޮސްޕިޓަލާއި ޙަވާލުވެވަޑައިގެންނެވިފަހުން މުވައްޒަފުންގެ ޢަދަދުތައް ވަރަށް ބޮޑުތަން އިތުރުކުރައްވައި، ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ތަމްރީން ދިނުމަށް ބޮޑެތި ހޭދަތަކެއްކޮށްފައި ވެއެވެ.

ނަމަވެސް، މިއަދާއި ހަމައަށް އައިއިރު، ޓާޝަރީ ޚިދުމަތް ދެވޭ ފެންވަރުގެ ސްޕެޝަލިންޓް ޑޮކްޓަރުން ނެތުމަކީ އޮތް ގޮން ޖެހުމެކެވެ.

ސަރުކާރުންގ ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނެސް، ޑޮކްޓަރުންގެ މައްސަލައަކީ ޙައްލުނުކުރެވޭނެ މައްސަލައެއްކަމަށް މީގެ ކުރިން ޑރ. ޞޯލިޙް އެކްސްޕްރެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެއެވެ.

ޑރ. ސޯލިޙް އަކީ އައްޑޫސިޓީ ހުޅުދޫއަށް އުފަން ބޭފުޅެކެވެ.

ޑރ. މުޙައްމަދު މުޢިއްޒުގެ އާ ސަރުކާރާއިއެކު، މިނިސްޓްރީ އޮފް ހެލްތުން ވަނީ އައްޑޫގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ހިންގުމަށް ބައެއް ބަދަލުތައް ގެނެސްފައެވެ. މިގޮތުން މީގެ ކުރިން އޭއީއެޗްގެ ދަށުން ހިންގަމުން އައި ސިއްޙީ މަރުކަޒުތައް، ކުރިން އޮތްގޮތަށް، ސީދާ މިނިސްޓްރީއަށް ޖަވާބުދާރީވާގޮތަށް ބަދަލުކޮށްފައިވެއެވެ.

އަދި އޭއީއެޗް ރައީސް އޮފީހުގެ ބެލުމުގެ ދަށުން މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރައްވާފައިވެއެވެ. ނަމަވެސް، ހިންގުމުގެ އުސޫލްތަކަށް މިހާތަނަށް މާބޮޑު ބަދަލުތަކެއް ގެނެސްފައި ނުވެއެވެ.

ޓެގްސް: އޭއީއެޗް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.