މަޖިލީހުގެ ކޮމިޓީގައި އީސީ މެމްބަރުން، ހުށަހެޅުއްވީ ކެމްޕޭނަށް 20 ދުވަސް ދިނުމަށްފަހު ރޯދައިގެ ކުރިން އިންތިޚާބު ބާއްވަން

ހަބަރު

މަޖިލިސް އިންތިޚާބު: އެޕްރީލްމަހު، ރޯދައިގެ ފަހުން ބޭއްވުމަށް ކޮމިޓީއިން ފާސްކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 27 ނޮވެންބަރު 2023 , ހޯމަ 09:06   566

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ އިންތިޚާބާއި ރޯދަމަހާއި ގާތްވުމުގެ ސަބަބުން ޚިޔާލުތަފާތުވުން އުފެދިފައިވަނިކޮށް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން އިންތިޚާބު ރޯދައިގެ ފަހަށް ފަސްކުރަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މަޖިލީހުގެ އިދާރާގައި އިލެކްޝަންސް ކަމިޝަންގެ (އީސީ) ގެ މެމްބަރުންނާއި އެކު ބޭއްވުނު ކޮމީޓި ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި އީސީ އިން ހުށަހެޅުއްވީ، އިންތިޚާބަށް ޢާއްމުކޮށްދޭ 30 ދުވަހުގެ ބަދަލުގައި 20 ދުވަސް ދިނުމަށްފަހު، ރޯދަމަހުގެ ކުރިން އިންތިޚާބު ބޭއްވުމަށެވެ. އެއީ ރޯދަމަސް ފެށުމުގެ 2 ދުވަސް ކުރިއަށް ތާވަލުކޮށްގެންނެވެ.

އީސީގެ މެމްބަރުން ވިދާޅުވީ ރޯދައިފަހުން އިންތިޚާބު ބާއްވަން ދަތިވާނެކަމަށެވެ. ނަމަވެސް، ނުބޭއްވޭނެކަމަށް ވިދާޅުވެފައި ނުވެއެވެ.

މަޖިލީހުގެ ކޮމިޓީގެ މެމްބަރުން އިއްތިފާގުވީ އިންތިޚާބު ރޯދައިގެ ފަހުން ބޭއްވުމަށެވެ.

ކަލަންޑަރުގައި ވާގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހަކަށް ވާނީ މާޗު މަހުގެ 10 ވަނަ ދުވަހެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.