މާލޭގެ ގަޑިބުރު އަލުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ޖެނުއަރީ 20 ގައި ޕީޕީއެމް/ޕީއެންސީ އިން އަންނަނީ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުން

ހަބަރު

ކޯލީޝަން ޕްރައިމަރީ އޮތަސް، ޕީއެންސީ ޓިކެޓްގައި ކެންޑިޑޭޓުން ނެރުމަށް ބާރު އަޅަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 28 ނޮވެންބަރު 2023 , އަންގާރަ 08:59   901

އަންނަ އަހަރު ރޯދަމަހުގެ ފަހުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ސަރުކާރު ކޯލީޝަން ކަމުގައިވާ ޕީޕީއެމް އާއި ޕީއެންސީ އިން ޕްރައިމަރީ ބޭއްވިޔަސް، މައި އިންތިޚާބުގައި ޕީއެންސީ ގެ ޓިކެޓްގައި ނިކުތުމަށް ބާރުއަޅަމުން އަންނަކަން ހާމަވެއްޖެއެވެ.

އަދި މިކަމާއި ގުޅޭގޮތުން ޕާޓީތަކުގެ ސެނެޓްގައި ވެސް މަޝްވަރާކުރެވިފައިވާއިރު، މިކަމާއި ގުޅޭގޮތުން ގޮތެއް ނިންމުމާނެކަމަށް މަޢްލޫމާތު ލިބިފައިވަނީ ދެޕާޓީ އެކުގައި ބާއްވާ [ޖޮއިންޓް] ސެނެޓްގައެވެ.

ޕީއެންސީއިން އަންނަނީ މެމްބަރުން އިތުރުކުރުމުގެ ބޮޑު ޙަރަކާތެއް ހިންގަމުންނެވެ. މިހާތަނަށް 15،000 މީހަކު ޕާޓިއަށް ވަދެފައިވާކަމަށް ޕާޓީއިން ބުނެއިފާއިރު، މީގެ ތެރެއިން ގިނަ ބަޔަކީ ކުރިން ޕީޕީއެމްގައި ތިބި މީހުންނެވެ.

ޕީޕީއެމް/ޕީއެންސީ އިން އަންނަނީ ޖެނުއަރީ 20 ގައި ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންކަމަށް މީގެ ކުރިން ބުނެފައިވެއެވެ. އަދި ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓެގްސް: ޕީއެންސީ ޕީޕީއެމް މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.