ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ސައުދީ ސަރުކާރުގެ މަންދޫބާއިއެކު ރައީސް މުޢިއްޒު

ހަބަރު

ސައުދިޢަރަބިއާ އާއި ރާއްޖެ، ގުޅުން ހީނަރުވެ އެއްބަސްވުންތައް މަޑުޖެހިފައި؟!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 29 ނޮވެންބަރު 2023 , ބުދަ 08:37   878

ސައުދިޢަރަބިއާ އާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމާއިމެދު ސުވާލުއުފެދި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫޢުތައް މަޑުޖެހިފައިވާކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

މިކަމާއިގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މީޑިއާތަކުން ގިނަ ވާހަކަތަކެއް ދައްކަމުންދާއިރު ސަރުކާރުން މިހާތަނަށް ރަސްމީ ސިފައެއްގައި މިކަމާއިގުޅޭގޮތުން އިޖާބައެއް ދެއްވާފައި ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ވެސް މިކަމާއިގުޅޭގޮތުން ބައެއް މެމްބަރުން ވާހަކަފުޅު ދެއްކެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތުހުމަތުކުރައްވާ ގޮތުގައި ސަރުކާރުން މަސައްކަތްކޮށްފައިވަނީ ފާފު އަތޮޅުންބައެއް ސައުދީ ސަރުކާރުގެ އިސްބޭފުޅުންނަށް ދިނުމަށް ސަރުކާރުން އަންނަނީ މަޝްްވަރާކުރަމުންނެވެ. މިމަޝްވަރާތަކުގެ ތެރޭގައި ފުށިދިއްގަރާއި ގުޅީފަޅުން ބައެއް ހިއްކުމުގެ މަޝްވަރާތައް ވެސް ހިމެނިފައިވެއެވެ.

ސައުދީ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ވެސް ވަނީ ދިވެހި ސަރުކާރާއިއެކު ވިޔަފާރި އެއްބަސްވުންތަކެއްގައި ސޮއިކުރައްވަން ނިންމަވާފައެވެ/

ހަމަ މިއާއި ވިދިގެން، ރައީސް މުޢިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ފުރާވަޑައިގަންނަވާނެކަމަށް ދެޤައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވީނަމަވެސް، ރައީސް ޑރ. މުޢިއްޒު ވަޑައިގެންފައި ނުވެއެވެ. އަދި އޭގެ ބަދަލުގައި ވަޑައިގެންނެވީ ތުރުކީވިލާތަށެވެ.

މީޑިއާއަށް ތިލަވެފައިވާ އެހެން ރިޕޯޓްތަކަށް ބަލާއިރު، ރައީސް މުޢިއްޒު ސައުދިއަރަބިއާއަށް ވަޑައިނުގެންނެވީ، އެމަނިކުފާނު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ސައުދީ ސަރުކާރާއިއެކު އުފެދުނު ނުތަނަވަސްކަމެއްގެ ސަބަބުންނެވެ.

ސީދާ ކޮންކަމަކާއި ހެދިކަން ސާފުނުވި ނަމަވެސް މަޢްލޫމާތު ލިބޭގޮތުގައި ސައުދީ ސަރުކާރުން ރާއްޖެ ވަޑައިގެންނެވި މަންދޫބުންގެ ޓީމުން ވަނީ ލިބުނު މެހްމާންދާރީ އާއިމެދު ހިތްހަމަ ނުޖެހުންތައް ފާޅުކޮށް ސައުދީސަރުކާރަށް އެކަން ރިޕޯޓްކޮށްފައެވެ.

ރައީސް މުޢިއްޒުގެ ސައުދީ ދަތުރުފުޅު ފަސްވީކަމެއް ނުވަތަ ކެންސަލްވީކަން މިހާތަނަށް ކަށަވަރު ވެފައި ނުވެއެވެ.

ޓެގްސް: ސައުދީ ޢަރަބިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.