ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.އައިޝަތު ރަމީލާ

ހަބަރު

މިނިސްޓަރު ރަމީލާ ފޭސްބުކްގައި ކުރެއްވި ޕޯސްޓާއިއެކު ގިނަ ބަޔަކަށް ޙައިރާންކަން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 29 ނޮވެންބަރު 2023 , ބުދަ 13:32 2   3498

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ފޭސްބުކްގައި ކުރެއްވި ޕޯސްޓާއިއެކު ގިނަ ބަޔަކަށް ޙައިރާންކަން ގެނެސްދީފިއެވެ.

ރިމީލާ ކުރައްވާފައިވާ ޕޯސްޓުގައި ވާގޮތުން ރަމީލާ އަންނަކީ ކެންސަރުގެ ބަލީގެ ސްޓޭޖް 4 ގައި ފަރުވާ ހޯއްދަވަމުންނެވެ. މި ޕޯސްޓް ހިއްސާކުރައްވާފައި ވަނީ ކީމޯ ހެއްދެވުމަށް ރާއްޖެއިން ބޭރައް ފުރުއްވަމުންކަމަށް ވިދާޅުވެފައިވެއެވެ. މަޢްލޫމާތު ލިބޭގޮތުގައި ބޭސް ފަރުވާއަށް ވަޑައިގަންނަވަނީ އަވަށްޓެރި އިންޑިއާއަށެވެ.

ނަމަވެސް ކޮން ވައްތަރެއްގެ ކެންސަރެއްކަމާއި، ބައްޔަށް ފަރުވާ ހޯއްދަވަން ފެއްޓެވީ ކޮންއިރަކުކަން ސާފުވެފައި ނުވެއެވެ.

އިޕަތާމިކް އިންޓްޕެރިޓޮނިއަލް ކިމޯތެރަޕީ އަދި ރޭޑިއޭޝަން ނެގުމަށް މިއަދު ރާއްޖެއިން ބޭރަށް ފުރުމަށް ވަނީ ހަމަޖެހިފައި. ﷲގެ އިރާދަފުޅާ އެކު އަލުން ބައްދަލުވާނެ.

~ މިނިސްސްޓަރު ރަމީލާ

މިނިސްޓަރުކަމާއި ރަމީލާ ޙަވާލުވެވަޑައިގެންފައިވަނީ ރައީސް މުޢިއްޒު ހުވާކުރެއްވުމަށްފަހު ނޮވެމްބަރު މަހުގެ 17 ވަނަދުވަހުއެވެ.

އޭނާ އަކީ މި ސަރުކާރުގައި ހިމެނިވަޑައިގަންނަވާ މަދު އަންހެން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މިސަރުކާރުގައި ރަމީލާ އާއިއެކު ހިމެނިވަޑައިގަންނަވަނީ ޖުމްލަ 22 ކެބިނެޓް މިނިސްޓަރުންގެ ތެރެއިން 3 މިނިސްޓަރުންނެވެ.

ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު ފުރަތަމަ ވަޒީފާ އަދާކުރައްވަންފެއްޓެވި ރަމީލާ މީގެ ކުރިން އެވިޑް ކޮލެޖްގައި ޑީންކަމާއި، މެޑިކަލް އެންޑް ޑެންޓަލް އެސޯސިއޭޝަންގެ ރަޖިސްޓްރާގެ މަޤާމް ފުރުއްވުމުގެ އިތުރުން ހެލްތް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވެއެވެ. ޑރ. ރަމީލާ ޕީއެޗްޑީ ހެއްދެވީ މެލޭޝިއާގައި 2010 ވަނަ އަހަރު އިޖްތިމާޢީސައެންސްގެ ދާއިރާއިންނެވެ.

ރައީސް އޮފީހުން މަޢްލޫމާތު ދެއްވާފައިވާގޮތުގައި ވަޒީރުކަމަށް އާ ބޭފުޅަކު އައްޔަންކުރެއްވުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.

ޓެގްސް: ކެބިނެޓް މިނިސްޓަރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.