އ.ދ. ގެ ކްލައިމެޓް ސަމިޓްގައި ބައިވެރިވުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޔޫއޭއީއަށް ވަޑައިގަތުން

ހަބަރު

28 ވަނަ ކޮޕް ސަމިޓްގައި ބައިވެރިވުމަށް ރައީސް ޔޫއޭއީއަށް ވަޑައިގެންފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 30 ނޮވެންބަރު 2023 , ބުރާސްފަތި 10:25   548

ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޔޫއޭއީއަށް ވަޑައިގެންފިއެވެ.

މިއީ އ.ދ. ގެ މޫސުމާއި ގުޅޭ އިދާރާގެ 28 ވަނަ އަހަރީ ބައްދަލުވުމެވެ.

މި ބައްދަލުވުމަށް ރައީސް އަރިރިހުގައި މަތީފަންތީގެ ވަފްދެއް ވަޑައިގެންނެވިކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވީނަމަވެސް، ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ކޮބައިކަން އެ އޮފީހުން ހާމަކުރައްވާފައި ނުވެއެވެ. އަދި ކިތައް ބޭފުޅުންކަން ވެސް ސާފުވެފައި ނުވެއެވެ.

ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ރައީސް މުޢިއްޒު މިސަމިޓުގައި ބައިވެރިވެވަޑައިގެން ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ދެމެހެއްޓެނިވި ތަރައްޤީއާއި، ދުނިޔެ ހޫނުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން ފަދަކަންކަމާއި، ޖައްވަށް ބޭރުވާ ވިހަ ގޭސްތަކުން ވަމުންދާ ގެއްލުންތަކާއި ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް ނިންމުންތަކެއް ނިންމަން ބާއްވާ ސަމިޓެކެވެ.

ޓެގްސް: ކޮޕް ސަމިޓް މޫސުމަށް އަން ބަދަލުތައް ތިމާވެށި ދުނިޔެ ހޫނުވުން ޔޫއޭއީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.