ކުރީގެ އެމްޓީސީސީގެ ސީއީއޯ ޢަލީ ޢާޒިމް

ހަބަރު

މޭޔަރުކަމަށް އެމްޑީޕީ ޓިކެޓްގައި ވަޑައިގަތުމަށް އާޒިމް މަސައްކަތްފައްޓަވައިފި، މަޚްލޫފްގެ ޙަރަކާތެއް ނެތް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 30 ނޮވެންބަރު 2023 , ބުރާސްފަތި 11:35   685

މާލޭގެ މޭޔަރުކަމަށް ވަޑައިގަތުމުގެ ޝައުޤުވެރިކަން، އެމްޓީސީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ އާޒިމް ފާޅުކުރައްވައިފިއެވެ.

އާޒިމް ވާދަކުރައްވާނެކަމަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ މޭޔަރ ޕްރައިމަރީގައި ވާދަކުރައްވައި، އެމްޑީގޭ ޓިކެޓްގައި ކަމަށް ވިދާޅުވެފައިވެއެވެ.

މިހާތަނަށް އެމްޑީޕީގެ ފަރާތުން މޭޔަރ ޕްރައިމަރީގައި ވާދަކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވަނީ ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަޚްލޫފެވެ. ސޯޝަލްމީޑިއާގައި ބައެއް މެސެޖުތައް ޢާއްމުކުރެއްވި ނަމަވެސް، ފަހުން އެބޭފުޅާގެ މާބޮޑު ޙަރަކާތެއް ފެނިފައިނުވެއެވެ.

މިދެ ބޭފުޅުންގެ އިތުރުން، ދަ ޑިމޮކްރެޓްސްގެ ފަރާތުން މުޙައްމަދު ސައިފް ފާތިޙް، އާއި ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު ޢާޒިމާ ޝުކޫރު އާއި ޕީއެންއެފް (ރައީސް ޔާމީން އުފައްދަވާ ޕާޓީ) ގެ ފަރާތުން ހުސައިން ވަހީދު ވެސް ވަނީ މޭޔަރކަމަށް ވާދަކުރައްވާކަން އިޢްލާންކުރައްވާފައެވެ.

އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ބޭއްވޭ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު މާދަމާގެ ހަވީރާއި ހަމައަށް ހުޅުވާލާފައިވެއެވެ.

މާލޭގެ މޭޔާރާއިއެކު ހުސްވެފައިވާ ކައުންސިލްގެ ގޮނޑިތަކަށް މީހުން ހޮވަން ބާއްވާ ބައި އިލެކްޝަން ޖެނުއަރީ 13 ގައި އިލެކްޝަންސް ކަމިޝަނުން ބޭއްވުމަށް ނިންމާފައިވެއެވެ. ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހާއި ހަމައަށެވެ.

ޓެގްސް: ލޯކައުންސިލްތައް މާލެ ސިޓީކައުންސިލް އިންތިޚާބު އާދަމް އާޒިމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.