ކުޑަކުދިންނާއި ގުޅޭ ގިނަ ޙަރަކާތްތަކާއިއެކު ބޭއްވެނީ އައްޑޫސިޓީ ކައުންސިލާއި ނަރުހުންނާއި ޖަމްޢިއްޔާތައް ގުޅިގެން

ހަބަރު

ހުކުރު ދުވަހު ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަ ކުރުން އައްޑޫގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 30 ނޮވެންބަރު 2023 , ބުރާސްފަތި 19:35   661

ހުކުރު ދުވަހަކީ ދުނިޔޭގެ އެއިޑްސް ދުވަހެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫސިޓީގައި ޙަރަކާތްތަކެއް ބޭއްވުމަށް އައްޑޫގައި އަންނަނީ ތައްޔާރުވަމުންނެވެ.

މިޙަރަކާތްތައް އޮންނާނީ ހުކުރު ދުވަހުގެ ހަވީރު ސިޓީ ސްކޮއަރގައެވެ.

މި ޙަރަކާތް އިންތިޒާމުކުރަނީ އައްޑޫސިޓީ ކައުންސިލާއި، ނަރުހުން، އަދި އައްޑޫގެ ބައެއް ޖަމްޢިއްޔާތައް ގުޅިގެންނެވެ.

އިންތިޒާމްކުރާ ފަރާތުން މަޢްލޫމާތު ދެއްވާފައިވާގޮތުގައި، މާދަމާ ބޭއްވޭ އިވެންޓުގައި ކުޑަކުދިންނާއިގުޅޭ އެކިކަހަލަ ކުޅިވަރުތައް އޮންނާނެއެވެ. މީގެ ތެރޭގައި ފޭސް ޕެއިންޓްކުރުމާއި ލެމަން ރޭސް ހިމެނެއެވެ.

އަދި ކެންޓީންގެ ޚިދުމަތް ވެސް ލިބެން ހުންނާނެކަމަށް މަޢްލޫމާތު ދެއްވާފައިވެއެވެ. މީގެ އިތުރުން ހެލްތް ސްކްރީންކުރުމާއި، ސިއްޙީ މުހިއްމު މަޢްލޫމާތުތައް ފޯރުކޮށްދިނުން އޮންނާނެއެވެ.

ދުނިޔޭގެ އެއިޑްސް ދުވަހަކީ 1988 އިން ފެށިގެން ބައިނަލްޢަޤްވާމީގޮތުން ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މިދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ އެއިޑްސްއަށް މީހުން ހޭލުންތެރިކުރުމާއި، ބަލީގެ ނުރައްކަލާއިމެދު ވިސްނައި، މިބަލީގައި ދުނިޔެ ދޫކޮށްފައިވާ މީހުންގެ ހަނދާތައް އާކުރުމެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 22 އަށް ވުރެ ގިނަ މީހަކު އަންނަނީ މިބައްޔަށް ފަރުވާ ހޯދަމުންނެވެ. އަދި 15 އަށްވުރެ ގިނަ މީހަކު ވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ޓެގްސް: ހޭލުންތެރިކުރުވުން އެއިޑްސް އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.