އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ހަބަރު

އިނގިރޭސި ބަހުން ޚުތުބާކިޔުމާއިމެދު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންފުޅުވާކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 1 ޑިސެންބަރު 2023 , ހުކުރު 14:55 1   1643

މާލޭގެ މިސްކިތެއްގައި، އިނގިރޭސި ބަހުން ޚުތުބާކިޔުމާއިމެދު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންފުޅުވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވެފައިވަނީ ސޯޝަލްމީޑިއާގައި ޢާއްމުކުރައްވާފައިވާ މެސެޖެއްގައެވެ.

ރާއްޖޭގައި ގިނަ ޢަދަދަކަށް ބޭރު މީހުން މަސައްކަތްކުރަމުންދާއިރު، އޭގެތެރެއިން ވަރަށް ގިނަ މީހުންނަކީ މުސްލިމުންކަމަށްވެފައި، މާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި ހުކުރު ޚުތުބާ އިނގިރޭސިބަހުން ކިޔުމާމެދު ރައްޔިތުން ދެކޭގޮތް ސާފުކުރައްވަން ބޭނުންފުޅުވާކަަމަށް ވިދާޅުވެފައިވެއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ އޭގެ ސަބަބުން އެމީހުންގެ ސުލޫކާއި އަޚްލާގަށް ހެޔޮ ބަދަލުގެނެވި، އެމީހުން ދަންނަ ބަހަކުން ހުތުބާކިޔުން ދަރުމަވެސް އިތުރު ވެގެންދާކަމަށެވެ.

މިޕޯސްޓަށް ކޮމެންޓްކޮށްފައިވާ ބައެއް ފަރަތްތަކުން ވަނީ އިނގިރޭސި ބަހުން ޚުތުބާކިޔުމުން ނުފުދޭކަމަށާއި، ގިނަ ބިދޭސީ މަސައްކަތުގެ މީހުންނަށް އިނގިރޭސި ބަސް ނޭނގޭކަމަށް ބުނެ ބަނގްލަދޭޝް ބަހުން ނުވަތަ ހިންދީ ބަހުން ޚުތުބާކިޔުމަށް ޚިޔާލު ހުށަހަޅާފައެވެ.

ޖުމްލަކޮށް ބަލާއިރު ގިނަ ބަޔަކު ވަނީ މިޚިޔާލަށް ތާޢިދުކުރައްވައި ތަރުޙީބުދެއްވާފައެވެ.

ޓެގްސް: އިސްލާމްދީން ޑރ.ޝަހީމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.