އައްޑޫސިޓީ ފޭދޫގެ ދެ ކައުންސިލަރުންނާއިއެކު ދާޚިލީ ވަޒީރު ޑރ. ޢަލީ އިޙްސާން ފޮޓޯއަކަށް ހުއްޓިވަޑައިގެން

ހަބަރު

އައްޑޫސިޓީ: އައްޑޫގެ ފުރަތަމަ ދާޚިލީ ވަޒީރަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 1 ޑިސެންބަރު 2023 , ހުކުރު 20:40   466

އައްޑޫސިޓީ އަށް އުފަން ދިވެހިރާއްޖޭގެ ފުރަތަމަ ދާޚިލީ ވަޒީރަށް ވަރަށް ހޫނު މަރުޙަބާއެއް އައްޑޫސިޓީއިން ކިޔައިފިއެވެ.

ޑރ. ޢަލީ އިހްސާން އަކީ އައްޑޫސިޓީ ފޭދުއަށް ނިސްބަތްވާ ބޭފުޅެކެވެ.

މިއަދު ހަވީރު ގަމުގެ އީކުއޭޓަރ ވިލެޖުގައި ބޭއްވުނު މިޙަފްލާއަކީ "ސަޕްރައިޒް" ޙަފްލާއެއްކަމަށް މަޢްލޫމާތު ލިބިފައިވެއެވެ.

މިޙަފްލާގައި މިނިސްޓަރ އިޙްސާނަށް، ފޭދޫ މާދެލަ ދާއިރާގެ ކައުންސިލް މެމްބަރު މުޙައްމަދު ފައިސަލް އާއި ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރ އާމިނަތު ސަލްމާގެ ފަރާތުން ހަނދާނީ ފިލާއެއް އެރުވިފައިވެއެވެ.

މިޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިޙްސާން ވަނީ، ފޭދޫގެ ދަރިއަކަށް މިފަދަ މަޤާމެއް ފަހިކޮށްދެއްވިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު ދަންނަވާފައެވެ.

މިރަސްމިއްޔާތުގައި ރައީސް އޮފީހުގެ މިނިސްޓަރ އާދަމް ރަމީޒް އާއި ރައީސް އޮފީހުގެ މިނިސްޓަރ ޢަބްދުއްﷲ ނާސިރު، ނެޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ އިމާދު ލަތީފް އަދި އެޗްޑިއެފްސީގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު ތައުފީޤް ބައިވެރިވެވަޑައިގެންފައިވެއެވެ.

މިލިޔުމާއި ގުޅޭ:

ފޮޓޯތައް

އިތުރު ފޮޓޯތައް

ޙަރަކާތުގެ ލައިވްސްޓްރީމް

ޓެގްސް: އައްޑޫ އައްޑޫގައި ބޭއްވޭ އިވެންޓްތައް ޢަލީ އިހުސާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.