ރައީސް މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރާއިއެކު

ހަބަރު

ރައީސް އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި، އިންޑިއާ ސިފައިން ބޭލުމުގެ ވާހަކަ ނުދެކެވޭ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 ޑިސެންބަރު 2023 , ހޮނިހިރު 09:46   510

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި، ރާއްޖެއާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަން ކޮމިޓީއެއް އުފައްދަން މަޝްވަރާ ކުރައްވައިފިއެވެ.

މިބައްދަލުވުން ބާއްވާފައިވަނީ، ދުބާއީގައި މިހާރު ކުރިއަށް ދާ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް-28) ސަމިޓުގެ ހަވާސާއިން ބޭރުގައެވެ.

ކޮޕްސަމިޓުގައި ބައިވެރިވުމަށް ދިވެހި ސަރުކާރުގެ ބޮޑު ވަފުދެއް ދުބާޢީއަށް ވަޑައިގެންފައިވެއެވެ. މިއީ ދުނިޔޭގެ އެންމެ އިސްވެރިންގެ މެދުގައި ބާއްވާ ތިމާވެއްޓާއި ގުޅޭ ސަމިޓެކެވެ. މިސަމިޓުގައި ރައީސް މުޢިއްޒު ވަނީ ތަޤްރީރުކުރައްވައި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ހިންގުމަށް ދުނިޔޭގެ ޤައުމުތަކުގެ ކިބައިން 600 މިލިއަން ޑޮރުގެ އެހީއަށް އެދިވަޑައިގެންފައެވެ.

ރައީސް މުޢިއްޒު އާއިއެކު ބޭއްވުނު ބައްދަލުވުމާއި ގުޅޭގޮތުން އިންޑިއާގެ ބޮޑުވަޒީރު ވަނީ އުފެއްދުންތެރި ބައްދަލުވުމެއްކަމަށް ވިދާޅުވެ ޓްވީޓްކުރައްވާފައެވެ.

އިންޑިއާ ސިފައިންގެ ވާހަކަ ނުދެކެވޭ

ރައީސް މުޢިއްޒުގެ ރިޔާސީ އެންމެ ބޮޑު އެއް ވަޢުދުކަމުގައިވާ އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން ބައިނަލްޢަޤްވާމީ ނޫސްވެރިއަކު ސުވާލުކުރުމުން، ރައީސް އިންނެވީ ހިމޭނުންކަމަށް ބުނެ އެރިޕޯޓަރު ވަނީ ސޯޝަލްމީޑިއާގައި ޓްވީޓްކޮށްފައެވެ.

ޝާޢިއުކޮށްފައިވާ ވީޑިއޯއިން ފެންނަގޮތުގައި، އިންޑިއާ ޓުޑޭގެ އެގްޒެކެޓިވް އެޑިޓަރު ގީތާ މޯހަން ރައީސް މުއިއްޒުއާ ސުވާލުކުރައްވާ ތަން ފެންނަނީ އެ މަނިކުފާނު ސަމިޓުގެ އިވެންޓަކަށް ފަހު ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ.

ނޫސްވެރިޔާ ސުވާލުކުރުމުން އެމަނިކުފާނު އިންނެވީ ހަނުއެވެ. ނަަމަވެސް އަރިހުގައި އިންނެވި ވަފުދުގެ އެހެން ބޭފުޅަކު ވަނީ ޖަވާބުދީފައެވެ.

ނޫސްވެރިޔާ ޓްވީޓްކޮށްފައިވާ ވީޑިއޯ

ދުނިޔޭގެ 190 އަށްވުރެ ގިނަ ޤައުމުން ކޮޕް ސަމިޓުގައި ބައިވެރިވެއެވެ. މިސަމިޓް މިއަދު ނިންމާލާނެއެވެ.

ޓެގްސް: ކޮޕް ސަމިޓް އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.