ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއަރޕާސަން އަދި ރައީސްކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ހަސަން ލަތީފް ވޯޓުލައްވަނީ

ހަބަރު

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 2 ޑިސެންބަރު 2023 , ހޮނިހިރު 11:35   401

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ދަ ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.

މި އިންތިޚާބުގައި، އެޕާޓީގެ ހިންގުމުގެ އެންމެ އިސް މަޤާމްތަކަށް މީހުން ހޮވިގެންދާނެއެވެ.

ޖުމްލަ 1043 މަޤާމަށް މީހުން ހޮވާއިރު މީގެ ތެރެއިން 271 މަޤާމަކަށް މިހާރުވެސް ވަނީ އިންތިޚާބަކާއި ނުލައި މަޤާމް ކަށަވަރުވެފައެވެ.

މިއިންތިޚާބުގައި އެޕާޓީގެ ރައީސާއި 3 ނައިބު ރައީސުން ހޮވުންވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން ދާއިރާތަކުގެ ރައީސުންނާއި ރަށު ރައީސް، އަތޮޅު ރައީސް، މަޖިލިސް ދާއިރާތަކުގެ ރައީސް، އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޑިމޮކްރެޓްސްއިން މައުލޫމާތުދެއްވައެވެ.

ރައީސްކަމަށް ވާދަކުރައްވަނީ އެޕާޓީގެ އިންޓެރިމް ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރަނިންގމޭޓަަކަށް ވެވަޑައިގެންނެވި ހުސެން އަމްރުއެވެ.

މާލޭގައި ވޯޓުފޮށިތައް ބެހެއްޓިފައިވަނީ ބިލަބޮންގ ހައިސްކޫލްގައެވެ.

އައްޑޫސިޓީގައި، ވޯޓުފޮށިތައް ބެހެއްޓިފައިވާ ތަންތަން:

  • ހިތަދޫގެ 3 ދާއިރާގެ ފޮށިތައް - ނޫރާނީ ސްކޫލްގައި
  • މަރަދޫ ދާއިރާ - މަރަދޫ ސްކޫލްގައި
  • ފޭދޫގެ ދެ ދާއިރާ - ފޭދޫ ދަޑިމޮކްރެޓްސް ހަރުގޭގައި
  • ހުޅުދޫ އާއި މީދޫގެ ފޮށިތައް - ހުޅުދޫ ދަ ޑިމޮކްރެޓްސް ހަރުގޭގައި

މިއިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 5،883 މީހަކަށް ލިބިގެންވާކަމަށް ދަ ޑިމޮކްރެޓްސް އިން މަޢްލޫމާތު ދެއްވާފައިވެއެވެ.

ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 10 އިން ހަވީރު 4 އަށެވެ.

ރިޔާސީ އިންތިޚާބުގައި 15،000 އަށްވުރެ ގިނަ ވޯޓާއިއެކު ތިންވަނައަށް އެންމެގިނަ ވޯޓު ހޯދާފައިވަނީ ދަ ޑިމޮކްރެޓްސް އިންނެވެ.

ވޯޓުލުމުގެ ތެރެއިން
އައްޑޫސިޓީގެ ރައީސްކަމަށް ވާދަކުރައްވާ ކ1 ޔާސީން (ތ) އަދި ކ2 ޒައިން (މ)
ޓެގްސް: ދަ ޑިމޮކްރެޓްސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.