ރައީސްގެ ދެކަނބަލުން ތުރުކީވިލާތަށް ވަޑައިގަތުމަށް ފުރާވަޑައިގަންނަވަނީ

ހަބަރު

ސަރުކާރުގެ ހާމަކުރުމުގެ ސިޔާސަތަށް ބޮޑު ތަރުޙީބެއް!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 3 ޑިސެންބަރު 2023 , އާދީއްތަ 08:06   507

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުތަކަށް ހޭދަވާ ފައިސާގެ ތަފްޞީލްތައް ގިނަވެގެން 15 ދުވަސްތެރޭގައި ހާމަކުރައްވާނެކަން އިޢްލާންކުރެއްވުމާއިއެކު އެކަމަށް އެކަމަށް ގިނަބަޔަކު ތާޢީދުކޮށް ތަރުޙީބު ދޭން ފަށައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މިއީ ސިދާ ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމާއި އެކު ނިންމެވި ނިންމުމެއްކަމަށެވެ. މިނިންމުން ނިންމެވިއިރު އެމަނިކުފާނު ހުންނެވީ، ދުނިޔޭގެ މޫސުމާއި ބެހޭ ސަމިޓް، ކޮޕް28 ގައި ބައިވެރިވެވަޑައިގަތުމަށް، މެދުއިރުމާތީގެ ޤައުމެއް ކަމުގައިވާ ޔޫއޭއީގައެވެ.

މީގެ ކުރިން އެމަނިކުފާނު ވަނީ ރަސްމީ ދަތުރުފުޅެއްގައި ތުރުކީވިލާތަށް ވަޑައިގެން އެޤައުމުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން އާއިއެކު ވިޔަފާރި އާއި އިޤްތިޞޯދު ފުޅާކުރުމަށްޓަކައި، މަޝްވަރާ ބައްދަލުވުންތަކެއް ވެސް ބާއްވާފައެވެ. އެމަނިކުފާނާއި އެކު އަރިހުގައި ބައެއް ވަޒީރުންނާއި، ޚާއްޞަ ވަފުދެއް މި ދެތަރުތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ދަތުރުތަކާއި ގުޅޭގޮތުން ޢާއްމުންގެ ތެރޭގައި މީގެކުރިން ފާޑުކިޔުން އަމާޒުވެފައި ވީނަމަވެސް މިނިންމުމާއިއެކު ގިނަ ބަޔަކު ވަނީ މިއީ ރަނގަޅު ނިންވެމެއްކަމަށް ބުނެ ސޯޝަލްމީޑިއާގައި ޝުޢޫރުފާޅުކޮށްފައެވެ.

ނިމިދިޔަ ރައީސް ސޯލިޙް ވެރިކަމުގައި މިފަދަ ދަތުރުތަކުގެ ތަފްޞީލްތައް އެއްވެސް ވަރަކަށް ހާމަކުރައްވާފައި ނުވެއެވެ.

ސަރުކާރުގެ ޚަރަދުތަކާއި ގުޅޭ ތަފްޞީލްތައް ހަފްތާއިން ހަފްތާއަށް ޢާއްމުކުރައްވައި ރިޕޯޓުތައް ނެރުއްވަން ފެއްޓެވީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ. އޭރު ސަރުކާރު މާލިއްޔަތާއި، ދަރަންޏާއި އަރަނި، އަދި ޚަރަދުތަކާއި ޢާމްދަނީގެ ގިނަ ތަފްޞީލްތައް އެ ރިޕޯޓްތަކުގައި ހިމެނުއްވިއެވެ.

ރައީސް މުޢިއްޒުގެ ރިޔާސީ ވަޢްތަކުގެ ތެރޭގައި ދެފުށްފެންނަ ނިޒާމަކުން ވެރިކަންކުރުން ހިމެނިފައިވެއެވެ.

ޓެގްސް: ޑރ. މުއިއްޒު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.