ރައީސްކަމަށް ވާދަކުރެއްވި ހުސެން އަމްރު، ވިދާޅުވީ "މޮޅުވެފައިވާކަމަށް ޤަބޫލުކުރައްވާކަމަށް" އަދި "ހިތްހަމަނުޖެހުން އެބަހުރިކަމަށް"

ހަބަރު

ޑިމޮކްރެޓްސްގެ އިންތިޚާބު: ނަތީޖާއަށް ވީގޮތް ނޭނގި ގިނަބައެއްގެ ނުރުހުން އަމާޒުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 3 ޑިސެންބަރު 2023 , އާދީއްތަ 08:53 1   2598

ދަ ޑިމޮކްރެޓްގެ އެތެރޭގެ އިންތިޚާބުގައި ނަތީޖާ އިޢްލާންކުރުން ލަސްކުރާތީ ގިނަބައެއްގެ ފާޑުކިޔުން އެޕާޓީއަށް އަމާޒުވެއްޖެއެވެ.

އިއްޔެ ހެނދުނު 8 އިން ހަވީރު 4 އަށް ބޭއްވުނު އިންތިޚާބުގައި ގިނަ ޢަދަދެއްގެ ކެންޑިޑޭޓުން ބައިވެރިވެފައިވެއެވެ. ޖުމްލަ 5،880 މީހަކަށް އިންތިޚާބުގައި ވޯޓުލެވޭނެކަމަށް ޕާޓީ އިން ބުނެފައިވެއެވެ.

ނަމަވެސް، އިންތިޚާބު ނިމި ނަތީޖާ ޝީޓުތަކުގެ ޖުމްލަތައް ޕާޓީ އޮފީހަށް ފޮނުވާފައިކަމަށް ފޮށިތަކާއި ޙަވާލުވި ފަރާތްތަކުން ބުނެފައިވާއިރު، ޕާޓީއިން ރަސްމީ ސިފައެއްގައި އެއްވެސް ވަރަކަށް އިންތިޚާބާއިގުޅޭ މަޢްލޫމާތުތައް ޢާއްމުކޮށްފައި ނުވެއެވެ. ބައެއް ފޮށިތަކުގެ ނަތީޖާ ޝީޓުތަށް އެކްސްޕްރެސް ނިއުސް އަށް ލިބިފައިވާއިރު، ރައީސްކަމަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން، ކުރީގައި އުޅުއްވާތަން ފެންނަނީ ހުސެން އަމްރުއެވެ.

ބައެއް ޢާއްމު ފަރާތްތަކުން ބުނަމުން ދަނީ ވޯޓުލާން ނިކުތް މީހުންގެ ޢަދަދާއި ބަލާއިރު ނަތީޖާ ހާމަކުރުން ލަސްވާންވީ ސަބަބު ނުވިސްނޭކަމަށެވެ. ވޯޓުފޮށިތަކާއި ޙަވާލުވެފައިވާ ބައެއް ފަރާތްތަކުން އެކްސްޕްރެސް ނިއުސްއަށް މަޢްލޫމާތު ދެއްވާފައިވާގޮތުގައި ހުރިހާ ފޮށްޓެއްވެސް ގުނައި ޕާޓީ އޮފީހާއި ވަނީ ޙަވާލުކޮށްފައެވެ.

މީގެ ކުރިން އެމްޑީޕީ އިން ވެސް ޑިމޮކްރެޓުން ވެސް ވަކާލާތުކުރަމުން އައީ ޑިމޮކްރެޓިކް އުސޫލަކީ ވޯޓުފޮށި ބަންދުކުރުމަށްފަހު ވޯޓުގުނައި ވަޤުތީ ނަތީޖާތައް އެހިނދުން އެހިނދަށް ޢާއްމުކޮށް އިޢްލާންކުރަންޖެހޭނެކަމަށެވެ.

މިކަމާއި ގުޅިގެން އެކްޕްރެސް ނިއުސް އިން މަޢްލޫމާތު ހޯދުމަށް، އިންތިޚާބުގައި ޕާޓީގެ ރައީސްކަމަށް ވެސް ވާދަކުރި އެއް ކެންޑިޑޭޓްކަމަށްވާ ހުސެން އަމްރު އާއި ގުޅުމުން ވިދާޅުވީ، ޕާޓީގެ އޮފީހުން ވެސް އަދި އެހެން ވެސް ފަރާތަކުން އެއްވެސް އިޖާބައެއް ނުދެއްވާކަމަށެވެ. ނަމަވެސް، ލިބިފައިވާ ވަޤުތީ ނަތީޖާ ޝީޓުތަކަށް ބަލާއިރު އިންތިޚާބުގައި ރައީސް ކަމުގެ ގޮނޑި ކާމިޔާބުކުރެވުނީ އެބޭފުޅާއަށްކަމަށް ޤަބޫލުކުރައްވާކަމަށެވެ.

އިންތިޒާމުތަކާއި ކަންކަން ހިނގައިދިޔަ ގޮތާއިމެދު އެހާ ހިތްހަމަ ނުޖެހޭ. ވަރަށް ހަޑިކޮށް ގެންދިޔައީ ހުރިހާކަމެއް ވެސް. ޕާޓީ އިން މުސާރަ ދީފައިތިބި މުވައްޒަފުންނާއި ޕާޓީ އޮފީހާއި ހަރުގެ ނަހަމަގޮތުގައި ބޭނުންކޮށްގެން އިނދިކޮޅު ކެންޑިޑޭޓް ކެމްޕޭންކުރެއްވީ. މާކުރިން ވެސް އެނގޭ ގޯސްކޮށްކަން ދިޔައީ. އެންޓި ކެމްޕޭން ވެސް އެހާވަރަށް ޖައްސަމުން ގެންދެވީ. އެކަމަކު ވެސް ހަމަ މަޑުން ހުރީ. ނަތީޖާ އާއި ބެހޭ ގޮތުން ވެސް އެއްވެސް އެއްޗެއް ނާންގާ. އެކަމަކު ލިބިފައިވާ ޝީޓުތަކަށް ބަލާއިރު އަޅުގަނޑަށް ކުރި ހޯދިފައިވާކަމަށް ޤަބޫލުކުރެވެނީ.

~ ހުސެން އަމްރު

އިތުރަށް އަމްރު ވިދާޅުވީ އެންމެވެސް ތިބީ މިއީ އާ ވިސްނުންތަކަށް ޖާގަދީ، ޒުވާނުންނާއި އަންހެން ކަނބަލުންނަށް ވެސް ޙަޤީގީ އާ ފުރުޞަތުތައް ހޯދައިދޭނެ ޕާޓީއެއްކަމަށް ވިސްނައިގެން ކަމަށާއި، އެކަމަކު މިހާރު މިދިމާވިގޮތުން ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.

ޕާޓީގެ އިންތިޚާބާއި ބެހޭ ކަންކަމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމެވެ.

ރައީސް ނަޝީދު އާއިގުޅޭ ގޮތުން ސުވާލުކުރުމުން އަމްރު ވިދާޅުވީ، ރައީސް ނަޝީދު ކަންކުރެއްވީ ރަނގަޅަށްކަމަށް ޤަބޫލުކުރައްވާކަމަށާއި، އެމަނިކުފާނު ހުންނެވީ އިންތިޚާބާއި ދުރުގައި، އެހެން އާ ބޭފުޅުންނަށް ޖާގަ ދެއްވައިގެންކަމަށެވެ.

ޓެގްސް: ދަ ޑިމޮކްރެޓްސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.