ނައިބްރައީސް ހުސެން މުޙައްމަދު ލަޠީފް ޗައިނާއަށް ފުރާވަޑައިގަންނަވަނީ

ހަބަރު

އިކޮނިމިކް މިނިސްޓަރާއިއެކު، ރަސްމީ ފުރަތަމަ ދަތުރުގައި ނައިބުރައީސް ޗައިނާއަށް ފުރާވަޑައިގެންފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 ޑިސެންބަރު 2023 , އަންގާރަ 08:29   457

ނައިބްރައީސް ހުސެން މުޙައްމަދު ލަޠީފް, ރަސްމީ ފުރަތަމަ ދަތުރުގައި ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

ނައިބްރައީސް ޗައިނާއަށް ވަޑައިގަންނަވަނީ، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށްކަމަށް ރައީސް އޮފީހުން މަޢްލޫމާތު ދެއްވާފައިވެއެވެ.

މި ފޯރަމަކީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބާއްވާ މި ފޯރަމްއެކެވެ. މި ފޯރަމް އޮންނާނި ޑިސެމްބަރު މަހުގެ 7-8 އަށް ޗައިނާގެ ކުންމިން ސިޓީގައެވެ.

އެ މަނިކުފާނުގެ އަރިހުގައި އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގަންނަވައެވެ.

މިދަތުރަށްފަހު އެ މަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ ސުވިޒަލެންޑުގެ ޖެނިވާގައި އޮންނަ އިންސާނީ ޙައްޤުތަކާއި ގުޅޭ 75 އަހަރީ ދުވަސް ފާހަކުރުމުގެ މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށްފަހު ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

ޓެގްސް: ނައިބްރައީސް ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.