ރާއްޖޭގެ ސްކޫލެއްގައި ދަރިވަރުން އެސެމްބްލީގައި ބައިވެރިވަނީ

ހަބަރު

ޖެނުއަރީ އިން ފެށިގެން ސްކޫލްތަކުގައި ސެޝަންތައް ފަށާއިރު ޤައުމީ ސަލާމްޖަހަނީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 6 ޑިސެންބަރު 2023 , ބުދަ 09:12   415

ރާއްޖޭގެ ސްކޫލްތަކުގެ އެސެމްބްލީގައި އަންނަ އަހރުން ފެށިގެން ދިވެހި ޤައުމީ ސަލާމްޖަހަން ފަށްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މި ގޮތަށް ވިދާޅުވެފައިވަނީ އިއްޔެ ވަޒީރުންނާއިއެކު ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ ޑިސެމްބަރުމަހު ޗުއްޓީއަށްފަހު "ސްކޫލްތައް ހުޅުވޭއިރު ކިޔަވައިދިނުމުގެ ސެޝަންތައް ފަށާނީ ޤައުމީ ސަލާމް އިން" ކަމަށެވެ.

ރައީސް މިގޮތަށް ނިންމެވިއިރު މިހާރުވެސް ބައެއް ސްކޫލްތަކުގައި ކަނޑައެޅޭ ވަކި ދުވަސްތަކެއްގައި ސްކޫލް ލަވައިގެ ބަދަލުގައި ޤައުމީ ސަލާމްޖަހައެވެ. އަދި މިދަބަދަލާއިއެކު ސްކޫލް ލަވަ ބޭނުންުރާނެ ގޮތް ސާފުވެފައި ނުވެއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މި ބަދަލު ގެންނަވަން ނިންމެވީ ޤައުމިއްޔަތު ޤައުމިއްޔަތު ދަރިވަރުންގެ ހިތްތަކުގައި ދިރުވާ އާލާ ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ވިދާޅުވީ މިއީ ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި ވަޢުދެއްކަމަށެވެ.

ޤައުމިއްޔަތުގެ ބަހާތައް ކިޔަވާދޭ ކޮލެޖެއް އުފެއްދެވުމާއި، ޤައުމިއްޔަތުގެ ޢިލްމުތަކާއި ގުޅޭ ދިރާސާވެރިންގެ ގުރޫޕެއް އުފެއްދެވުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާކަމަށް މީގެކުރިން ސަރުކާރުން ބުނެފައިވެއެވެ.

ޓެގްސް: ޑރ. މުއިއްޒު ސްކޫލްތަކުން ތަޢްލީމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.