އިންޑިޔާގައި ކާބޯތަކެތީގެ އަގުތައް އުފުލެމުން ދިއުމާއިއެކު އެޤައުމުން ވަނީ ގޮވާމުގެ ބާވަތްތައް ބޭރުކުރުން މަޑުޖައްސާލައިފައި

ހަބަރު

އިންޑިއާ ސަރުކާރުން ކާޑުގެ ބާވަތްތައް ކޮންޓްރޯލްކޮށް، ފިޔާ ބޭރުންކުރުން މަޑުޖައްސާލަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 9 ޑިސެންބަރު 2023 , ހޮނިހިރު 10:46   1225

އިންޑިއާ ސަރުކާރުން އަންނަ އަހަރުގެ މާޗް މަހާއި ހަމައަށް ފިޔާ ބޭރުކުރުން މަޑުޖައްސާލަން ނިންމައިފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އާއި ޙަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ، މިފިޔަވަޅު އަޅާފައިވަނީ، އެޤައުމުގައި ފިޔާ ލިބުން ދަތިވުމާއި އެކު އަގުތައް އުފުލެމުންދާތީ އެކަން ކޮންޓްރޯލު ކުރުމުގެ ގޮތުންކަމަށެވެ.

އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފިޔާ އެތެރެކުރާ ޤައުމެވެ. ގިނަ ދިވެހިންނަށް ކެއްކުމުގައި ކަމުދަނީ ވެސް އިންޑިއާގައި އުފައްދާ "ބޮމްބޭ ފިޔާ" ގެ ބާވަތްތަކެވެ.

އިންޑިއާ އިން ބުނެފައިވަނީ އަންނަ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހާއި ހަމައަށް މިހާރު ދީފައިވާ އޯޑަރުތަކަށް ފިޔާ ބޭރުކުރެވޭނެކަމަށެވެ.

އިންޑިއާ އިން ފިޔާ ބޭރުކުރުން މަޑުޖައްސާލި ނަމަވެސް، އެޤައުމާއި ގުޅުން އޮންނަ ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން ލުއިތަކެއް އަންނަނީ ދެމުންނެވެ.

އިންޑިއާގައި މިވަޤުތު ފިޔާ ކިލޯއެއްގެ އަގުހުރީ ދިވެހި ރުފިޔާ އިން ބަލާއިރު 10.49ރ. ގައެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނާއި އަޅައިބަލާއިރު ގާތްގަނޑަކަށް ދެގުނަ ބޮޑު ޢަދަދެކެވެ.

ފިޔާގެ އިތުރުން، ގޮދަން ފުށާއި ބާސްމަތީ ނޫން ހަނޑޫވެސް މަޑުޖައްސާލައި، ހަކުރުގެ ބާވަތްތައް ކޮންޓްރޯލްކުރުމަށް ވެސް އެޤައުމުގެ ސަރުކާރުން އަންނަނީ ވިސްނަމުންނެވެ.

މިކަމާއި ގުޅޭގޮތުން ދިވެހި ސަރުކާރުގެ ބަހެއް މިހާތަނަށް ލިބިފައި ނުވެއެވެ.

ޓެގްސް: އިންޑިއާ މުދާ އެތެރެކުރުން ޚާރިޖީ ސިޔާސަތުތައް ތަކެތީގެ އަގުއުފުލުން އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.