މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތުގައި ރައީސް މުޢިއްޒު އަދި ފިޝަރީސް މިނިސްޓަރ ޝިޔާމު ބައިވެރިވެވަޑައިގަންނަވަނީ

ހަބަރު

މަސްވެރިންގެ ދުވަސް، މަހުގެ އަގު 20ރ އަށްވުރެ ދަށްނުކުރާނެކަމަށް ރައީސް އަނެއްކާވެސް ވިދާޅުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 10 ޑިސެންބަރު 2023 , އާދީއްތަ 12:26   636

މަހުގެ އަގު 20ރ އަށްވުރެ ދަށްނުކުރާނެކަމަށް އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ، މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި "މަސްވެރިންގެ ގުންޒަރު" ޙަފްލާގައި ވާހަކަފުޅުދައްކަމަވަމުންނެވެ.

މަސްވެރިން ބާނާ މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުކުރައްވާނެކަމަށް އެމނިކުފާނުވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެސް ވަޢުދުވެވަޑައިގެންފައެވެ.

މީގެ އިތުރުން ވެސް، ކޯލްޑް ސްޓޯރޭޖް އިތުރުކުރުމާއި، މަސް ގަންނަ ކެޕޭސިޓީއިތުރުކޮށް ފެކްޓްރީތަކުގެ ފެންވަރު ރަނގަޅުކުރައްވާނެކަމަށް ވެސް އެމަނިކުފާނުވިދާޅުވިއެވެ. އަދި ބޭންކުތަކުގެ ތެރެއިން ފައިސާގެ ކަންކަން ވެސް މަސްވެރިންނަށް ފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޓެގްސް: މަސްވެރިކަމުގެ ސިނާޢަތް ޑރ. މުއިއްޒު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.