އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ހަބަރު

އިސްރާއީލާ ދެކޮޅަށް ރަޝިޔާއިން ގެންގުޅޭ ސިޔާސަތާ މެދު ނަތަންޔާހޫ ނުރުހުން ފާޅުކޮށްފި

ދާނިޝް - އައްޑޫ އަތޮޅު | 11 ޑިސެންބަރު 2023 , ހޯމަ 22:40   446

ރައީސް ޕޫޓިންއާ ފޯނުން ގުޅުއްވައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އދ އާއި އެހެނިހެން ފޯރަމްތަކުގައި އިސްރާއީލާ ދެކޮޅަށް މޮސްކޯއިން ގެންގުޅޭ ސިޔާސަތުތަކާ މެދު ނުރުހުން ފާޅުކޮށްފިއެވެ.

"އިސްރާއީލުން ތަޖުރިބާކުރި ފަދަ ޖިނާއީ ޓެރަރިސްޓް ހަމަލާއެއް ދީފި ކޮންމެ ގައުމަކުން ވެސް އަމަލު ކުރާނީ އިސްރާއީލުން އަމަލު ކުރަމުންދާ ގޮތައް ވުރެ ވަކި ކުޑަ ބާރަކުން ނޫން" ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނަތަންޔާހޫ ވަނީ ރަޝިޔާ އާއި އީރާނާ ދެމެދު އޮތް ނުރައްކާތެރި އެއްބާރުލުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ހަމައެހެންމެ އޭނާ ވަނީ ރަޝިއާއިން ރެޑްކްރޮސްއަށް ޕްރެޝަރު ކުރުމަށްވެސް ގޮވާލައިފައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން ދިން ހަމަލާތައް އިސްރާއީލުން ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެންމެން ގުޅިގެން އަދަބު ދިނުމުގެ ޖަސްޓިފިކޭޝަނެއްގެ ގޮތުގައި ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ލަވްރޯފް ވަނީ ވަށާލާފައިވާ އެންކްލޭވްގެ ބިމުގައި ބައިނަލްއަގުވާމީ މޮނިޓަރިންއަށް ވެސް ގޮވާލާފަ އެވެ.

އިސްރާއީލާއި ހަމާސް ހަނގުރާމައިގެ ތުހުމަތު ރަޝިޔާގެ ރައީސް ޕޫޓިން އަޅުވަނީ މެދުއިރުމަތީގައި އެމެރިކާގެ ފެއިލްވެފައިވާ ޑިޕްލޮމެސީ އަށެވެ.

ކޮންމެއަކަސް، ނަތަންޔާހޫގެ ވާހަކަތައް މިހެން ހުރި އިރު އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ސީރިއަސް ޒަޚަމްވެފައިވާ ބަލިމީހުން ގޮވައިގެން ދަތުރުކުރި އެމްބިއުލާންސަށް ބަޑިޖަހައި ޕެރަމެޑިކް މީހަކަށް އަނިޔާކޮށް ގޯނާކޮށްފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން މިއަދުވެސް ވަނީ ރިޕޯޓުކޮށްފައެވެ. މި ހަމަލަ ދީފައި ވަނީ ފަލަސްތީނު ރެޑް ކްރެސެންޓަށް ނިސްބަތްވާ ހަ އެމްބިއުލާންސަކުން ޣައްޒާ ސިޓީގެ އަލް އަހްލީ ބެޕްޓިސްޓް ހޮސްޕިޓަލުން 11 މީހަކު ދެކުނުގެ އެހެން ހޮސްޕިޓަލަކަށް ގެންދިޔަ ދަނޑިވަޅެއްގައި ކަމަށް އެ ޖަމިއްޔާއިން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ އެމްބިއުލާންސްތައް އެތައް ޗެކްޕޮއިންޓުތަކަކާއި އަސްކަރީ އިންސްޕެކްޝަންތަކަށް އެތައް ގަޑިއިރެއް ވަންދެން މަޑުކުރަން ޖެހުނު ކަމަށާއި އޭގެ ތެރޭގައި ޒަހަމްވި މީހުންގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން އެއް ޗެކްޕޮއިންޓެއް ކައިރީގައި އިޒްރޭލު ސިފައިން ވަނީ އެމްބިއުލާންސަކަށް ބަޑި ޖަހާފަ އެވެ. ފަލަސްތީނުގެ ރެޑް ކްރެސެންޓުން އިތުރަށް ބުނީ ދެކުނުން ދަތުރުކުރަމުން ދަނިކޮށް ވަކި ޗެކްޕޮއިންޓެއްގައި އިޒްރޭލު ސިފައިން ވަނީ ދަތުރުކުރި ޕެރަމެޑިކްސްއެއް ހިފަހައްޓައި، މާރާމާރީ ހިންގައި، އޭނާގެ ފޭރާންތައް ވެސް ބާލައިފައި ކަމަށެވެ. އަދި އެއަށްފަހު އެ ޕެރެމެޑިކް ޖެހުނީ އޮރިޔާން ހާލުގައި އެހެން ޗެކްޕޮއިންޓަކަށް ހިނގާފައި ދާން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޓެގްސް: އިޒްރޭލް ރަޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.