ޤައުމީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޙަފްލާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ

ހަބަރު

މަސްވެރިކަމަށް ޚާއްޞަކުރެވޭ ކޮލެއްޖެއް ދިވެހިރާއްޖޭގައި ޤާއިމުކުރާނަން - ރައީސް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 11 ޑިސެންބަރު 2023 , ހޯމަ 10:15   389

މަސްވެރިކަމަށް ޚާއްޞަކުރެވޭ ކޮލެއްޖެއް ދިވެހިރާއްޖޭގައި ޤާއިމުކުރައްވާނެކަމަށް ރައީސުލްޖުލްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ރޭ ބޭއްވީ ޤައުމީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޙަފްލާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މަސްވެރިކަމުގެ ޢިލްމުފުޅާކޮށް މަސްވެރިކަން ޒަމާނީކުރުމުގެ މުޙިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ. އަދި މަސްވެރިކަން ތިޔާގިކުރުމަކީ ވަރަށް ބޮޑަށް ބޭނުންފުޅުވާކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ބައިނަލްއަޤްވާމީ މަސްރަހުން ދިވެހިން ޙާޞިލްކުރަންޖެހޭ ފަންނީކަންކަން އެބަހުރިކަމަށާއި، ދިވެހި މަސްވެރިންނަށް އެކަންކަން ވާޞިލްވުމަކީ ދެކެވަޑައިގަންނަވާ ހުވަފެންފުޅެއްކަމަށެވެ.

މަސްވެރިން ތަމްރީން ކުރާ މަރުކަޒެއްް ނުވަތަ ފިޝަރީޒް ޓްރެއިން އިންސްޓިޓިއުޓެއް ގާއިމް ކުރާނަން. މިގޮތުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ގާއިމްވެގެންދާނެ.

~ ރަޢީސް މުޢިއްޒު

ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ތެރެއިން ލަނޑުދަނޑިއެއް ކަމަށެވެ.

ޓެގްސް: މަސްވެރިކަމުގެ ސިނާޢަތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.