އިންސާނީ ޙައްޤުތަކާއިގުޅޭ ދުވަހުގެ ޙަރާތްތަކުގެ ތެރެއިން

ހަބަރު

އައްޑޫސިޓީ، 16 ދުވަހުގެ ޙައްތަކުގެ ކެމްޕޭން ނިންމާލުން މިއަދު ފޭދޫ ފުޓްސަލް ދަނޑުގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 11 ޑިސެންބަރު 2023 , ހޯމަ 14:25   569

އިންސާނީ ޙައްގުތަކާއި، އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ކުރިއަށްގެންދިޔަ 16 ދުވަހުގެ ކެމްޕޭން ނިންމާލުން ނިންމާލުން މިއަދު އޮންނާނެކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

މިނިންމުމުގެ ޙަރަކާތް އޮންނާނީ ފޭދޫ ފުޓްސަލް ދަނޑުގައި ހޯމަދުވަހުގެ ހަވީރު އެވެ. މި ޙަރަކާތުގައި އިންސާނީ ޙައްޤުތަކާއިގުޅޭ ގޮތުން ބޭއްވޭ ކުއިޒެއްގެ އިތުރުން އެހެނިހެން ގިނަ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ.

ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ދުވަސްކަމަށްވާ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންގޮސްފައިވާ އެކިކަންކަން ރާވާ ކުރިއަށް ގެންގޮސްފައިވަނީ، ހިއުމަން ރައިޓްސް ކޮމިޝަންގެ ދެކުނު ގޮތްޕާއި، ފުލުހުންގެ އިދާރާ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްގެ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރ، އައްޑޫސިޓީ ކައުންސިލް، ފޭދޫ ސްކޫލް، ދިވެހި ރެޑްކްރެސެންޓް އަދި އައްޑޫސިޓީ ޑަބްލިއުޑީސީ ގުޅިގެންނެވެ.

ޓެގްސް: އިންސާނީ ޙައްޤުތައް އެޗްއާރުސީއެމް އައްޑޫގައި ބޭއްވޭ އިވެންޓްތައް ޢީދު ފާހަގަކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.