ލީވް ދަ ވޯލްޑް ބިހައިންޑް ކަވަރ

މުނިފޫހިފިލުވުން

ނެޓްފްލިކްސް ސީރީސް - ލީވް ދަ ވޯލްޑް ބިހައިންޑް، ފައިނަލް ޓްރެއިލާރ ދައްކާލައިފި

ހުސެން ހަމްދާން - ދުނިޔެ | 13 ޑިސެންބަރު 2023 , ބުދަ 09:46   587

ނެޓްފްލިކްސް ސީރީސް - ލީވް ދަ ވޯލްޑް ބިހައިންޑް، ފައިނަލް ޓްރެއިލާރ ދައްކާލައިފިއެވެ.

ޑޯންޓް ލުކް އަޕް އަށްފަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރަމުންދާ "ލީވް ދަ ވޯލްޑް ބިހައިންޑް" އަކީ ގިނަބައެއްގެ ނިދިނަގައިލާ ފަދަ ތްރިލަރ ފިލްމެކެވެ.

ރުމާމް އާލަމްގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް، މަޝްހޫރު ހޮލީވުޑް ތަރިން ކަމަށްވާ ޖޫލިއާ ރޮބަރޓްސް އާއި އީތަން ހޯކް އަދި މެހެރްޝާލާ އަލީ ފެނިގެންދާ މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ މަޝްހޫރު ޑިރެކްޓަރ ސޭމް އެސްމެއިލް އެވެ. އަދި މިފިލްމުގެ ޕްރޮޑަކްޝަން ޓީމުގައި "ދަ އޮބާމާސް"ގެ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ "ހަޔަރ ގްރައުންޑް ޕްރޮޑަކްޝަންސް" ވެސް ހިމެނެއެވެ.

ފިލްމުގައި ފެނިގެންދަނީ އެމޭންޑާ (ރޮބަރޓްސް) އަދި އޭނާގެ ފިރިމީހާ ކްލޭ (ހޯކް) ލޯންގް އައިލޭންޑްގެ އެކަހެރި ސަރަހައްދެއްގައިވާ ގެއެއްގައި ޗުއްޓީ ހޭދަކުރުމަށް އެމީހުންގެ ދެކުދިން ގޮވައިގެން ގޮސް އުޅެނިކޮށެވެ. އަދި މޫދުކައިރީގައި ހިނގާ ހާދިސާއަކަށްފަހު އެމީހުން ކުއްޔަށް ހިފާފައިވާ ގޭގެ ވެރިޔާކަމަށް ބުނާ މީހަކު އޭނާގެ އަންހެން ދަރިއާއިއެކު އާދެއެވެ. އޭގެ ފަހުން ފެނިގެންދަނީ އާދަޔާ ހިލާފު ކަންތައްތަކެއް ދިމާވެގެންދާ މަންޒަރެވެ. އެހެންކަމުން ފިލްމުގެ ސަސްޕެންސް ގެއްލުވާނުލާ ބެލުންތެރިން އިންސާފުކޮށް ލެއްވުމަށް ބާކީބައި ދޫކޮށްލާނަމެވެ.

ކޮންމެއަކަސް މިފިލްމަކީ މިހާތަނަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުންދާ ފިލްމަކަށްވީއިރު މިކަމުގެ ޝުކުރު އެންމެ ހައްގުވެގެން ދަނީ ފިލްމުގެ ޑިރެކްޓަރ އެސްމެއިލް އަށެވެ. ސަބަބަކީ މިފިލްމު ޑައިރެކްޓްކޮށް ޕްރޮޑިއުސްކުރެވިފައިވަނީ ކުރިމަތިން، ފަހަތުން ނުވަތަ އަރިމަތިން ބެލިއަސް ފިލްމަށް ލޯއަމާޒު ވުމަށްފަހު ކަޅިޖަހާލަންވެސް ބޭނުންނުވާނެފަދަ ފިލްމަކަށްވާކަމެވެ.

އޮފިޝަން ޓްރެއިލާ

ޓެގްސް: ނެޓްފްލިކްސް ހޮޅިވުޑް ފިލްމުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.