ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އައްނި)

ހަބަރު

ރައީސް ނަޝީދު، 56 އަހަރުގައި ސިޔާސީ މަސައްކަތާއި ދުރަށް ވަޑައިގެންފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 13 ޑިސެންބަރު 2023 , ބުދަ 10:18   708

ޢާއްމުނަމުން ނަމަ "އައްނި" ގެ ގޮތުގައި ދިވެހިންގެ މަދުގައި މަޤްބޫލުކަން ހޯއްދެވި ސިޔާސީ ޝަޚްސިއްޔަތު، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ގ. ކެނެރީގޭ މުޙައްމަދު ނަޝީދު (56އ) ސިޔާސީކަންކަމާއި ދުރަށްވަޑައިގަތުމަށް ނިންމެވިކަން އިޢްލާންކުރައްވައިފިއެވެ.

1967 ވަނަ އަހަރު އުފަންވި، ރައީސް ނަޝީދު ވަނީ 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި ހަމައަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަންކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ކުރައްވާފައެވެ.

އިއްޔެ ޢާއްމުކުރެއްވި ބަޔާނުގައި އެމަނިކުފާނުވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފައެވެ.

މި ލިޔާ ބަޔާނުގެ ބޭނުމަކ،ީ އަހަރުތަކަކަށް އަޅުގަނޑު ސިޔާސީ މަސައްކަތުން ދުރުވާކަމަށް ދެންނެވުމެވެ.

~ ރައީސް ނަޝީދު

އެމަނިކުފާނަކީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި މައްޗަންގޮޅީ މެދުދާއިރާ ތަމްޞީލްކުރައްވަމުން ގެންދަވާ މެމްބަރެވެ. ނަމަވެސް، ކުރިއަށް އޮތް ދައުރުގައި މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރައްވާނެކަން ވެސް ވަނީ އިޢްލާންކުރައްވާފައެވެ.

ރައީސް ނަޝީދުގެ ޒަޢާމަތުގައި ދިވެހިރާއްޖެއަށް ބޮޑެތި ބަދަލުތައް ގެންނެވިއެވެ. އޭގެތެރޭގައި ޓެކްސް ނިޒާމް ތަޢާރަފްކުރުމާއި، އިޖްތިމާޢީ ރައްކާތެރިކަންކަށަވަރުކުރުމަށް ގިނަކަންކަން ކުރެވިފައިވެއެވެ. ހަމަހަ އެހެންމެ ތިމާވެށީގެ ރޮނގުން ބައިނަލްއަޤްވާމި މަސްރަޙްގައި ދިވެހިރާއްޖޭގެ ނަމުގައި ގިނަ ވަކާލާތުތަކެއް ކުރައްވައި ރާއްޖެއަށް ގިނަބައެއްގެ ސަމާލުކަން ހޯއްދަވައިދެއްވިއެވެ.

މުސްތަޤްބަލުގައި އެމަނިކުފާނު މަސައްކަތްކުރައްވާނީ ބައިނަލްޢަޤްވާމީ މުސޫމާއިގުޅޭ ޖަމާޢަތަކާއިއެކު ކަމަށް ވިދާޅުވެފައިވެއެވެ. މިޚިދުމަތުގެ ތެރެއިންވެސް ދިވެހިރާއްޖެއަށް ގިނަކަންކަން ކޮށްދެވޭނެކަމަށް ޤަބޫލުކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް އަދި ފަހުންވެސް ޖަލުގޮޅިއަށްލުމާއި، ގިނަ ޖިސްމާނީ އަނިޔާތަކެއް ރައީސް ނަޝީދު ތަޙައްމަލުކުރެއްވިއެވެ. ހަމައެހެންމެ ޒާތީ ދިރިއުޅުމުން ވެސް ބޮޑުބައެއް ސިޔާސީކަންކަމަށް ހޭދަކުރެއްވިއިރު، ނަފްސާނީގޮތުން ވެސް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނެއެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޢާއިލާ އާއިއެކު ވަޤުތުތައް ހޭދަކުރައްވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައިވެއެވެ.

ޓެގްސް: ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.