ރާއްޖެއައި ފަތުރުވެރިންތަކެއް، ކޮވިޑްގެ ކުރިން އޮތް މިންވަރަށް ވުރެވެސް އަދަދުތައް ވަނީ މަތިވެފައި

ހަބަރު

ރާއްޖޭގެ އައި ފަތުރުވެރިންގެ ޢަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 14 ޑިސެންބަރު 2023 , ބުރާސްފަތި 10:56   424

މިއަހަރުގެ މިހާތަނަށް، ރާއްޖޭގެ އައި ފަތުރުވެރިންގެ ޢަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެވެ.

މިގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 1.75 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެފައިވެއެވެ.

މިމުއްދަތާއި އަޅައި ބަލާއިރު، ރާއްޖެއަށް މީގެކުރިން މިހާ ގިނަ ޢަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ކޮވިޑްގެ ކުރިން، 2019 އަހަރުއެވެ. 2019 ވަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.70 މިލިއަން ޓޫރިސްޓުންނެވެ.

ކޮވިޑްގެ ފަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދުތައް:

  • 2020 ގައި 0.55 މިލިއަން ޓޫރިސްޓުން
  • 2021 ގައި 1.2 މިލިއަން ޓުރިސްޓުން
  • 2022 ގައި 1.5 މިލިއަން ޓުރިސްޓުން

މިއަހަރަށް ސަރުކާރުން އަމާޒު ހިފީ 1.8 މިލިއަން ފަސިންޖަރުން ގެނައުމަށެވެ. މިހާރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ޢަދަދުތަކާއި ބަލާއިރު، މިހިނގާ ޑިސެމްބަރު މަހުގެ ފަހުގެ ފަހުކޮޅު މިއަމާޒަށް ވާޞިލްވެވޭނެކަމަށް ލަފާކުރެވެއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެން ޒިޔާރަތްކުރަމުން އަންނަނީ ޗައިނާ، އިންޑިއާ، އަދި ރަޝިއާއިންނެވެ. އޭގެ ފަހުން އިނގިރޭސިވިލާތާއި ޖަރުމަނުންނެވެ.

ޓެގްސް: ޓޫރިޒަމް ޓޫރިސްޓް އެރައިވަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.