އިންތިޚާބީ މަރުކަޒެއްގައި އިލެކްޝަންސްގެ އޮފިޝަލުން ޙަރަކާތްތެރިވަނީ

ހަބަރު

މާލޭގެ މޭޔަރުކަމަށް 3 ޕާޓީއަކުން، އަދި އަމިއްލަ 2 ކެންޑިޑޭޓުން ނަންހުށަހަޅުއްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 14 ޑިސެންބަރު 2023 , ބުރާސްފަތި 11:09   88

އިންތިޚާބަށް ވާކުރުމަށް ނަން ހުށަހެޅުމުގެ ވަޤުތު ހަމަވިއިރު، ހުސްވެފައިވާ މާލޭގެ މޭޔަރުކަމުގެ ގޮނޑިއަށް 3 ޕާޓީއަކުންނާއި އަދި އަމިއްލަ 2 ކެންޑިޑޭޓުން ނަންހުށަހަޅުއްވައިފިކަމަށް އިލެކްޝަންސް ކަމިޝަނުން ވިދާޅުވެއްޖެއެވެ.

ނަން ހުށަހެޅުމުގެ ފުރުޞަތު ބަންދުވެފައިވަނީ އިއްޔެ މެންދުރު 2 ޖެހިއިރުއެވެ.

މިއީ، ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރެއްވުމާއި ގުޅިގެން ބާއްވާ ބައި އިލެކްޝަނެކެވެ.

މިއިންތިޚާބުގައި ވާދަކުރުމަށް ނަން ހުށަހަޅުއްވާފައިވާ ފަރާތްތައް:

  • އާޒިމާ ޝުކޫރު (ޕީއެންސީ)
  • އާދަމް އާޒިމް (އެމްޑީޕީ)
  • ސައިފް ފާތިޙް (ޑިމޮކްރެޓްސް)
  • ކުރީގެ ޕޮލިސް ކަމިޝަނަރު ހުސެން ވަޙީދު (އގ)
  • ކުރިން އެމްޑީޕީ އަދި އެމްޑީއޭގައި އުޅުއްވި ފުރަހަނި ޝޫޢައިބު (އގ)

އިލެކްޝަންސް ކޮމިޝަނުންވަނީ މި ހުރިހާ ބޭފުޅުންގެ ފޯމުތައް ވެސް ބަލައިގަނެ ކެންޑިޑެސީ ކަށަވަރުކޮށްދެއްވާފައެވެ.

ޓެގްސް: މާލެ ސިޓީކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.